ހޮޅި އާއި ނަރާއި ކޭބަލްތަކުން ފުނިޖެހިފައި އޮތް އަމީނީމަގު، ތަރުތީބު މަގަކަށް

Fri, 26 May 2023 02:10 PM

View on this article on Hathaavees

ހޮޅި އާއި ނަރާއި ކޭބަލްތަކުން ފުނިޖެހިފައި އޮތް އަމީނީމަގު، ތަރުތީބު މަގަކަށް

ގާތައް ނަގައި، ކޮންނަން ފަށާއިރަށް ކޭބަލެއް، ނަރެއް، ހޮޅިއެއް ލައްވާލައެވެ. އެއިން އެއްޗެއް ބުރިވެ، ހޮޅިއެއް ފަޅައިގެންސް ގޮއްފިނަމަ، މުޅި މާލެއަށް “ތުރާލަކަށް” ވެދެއެވެ. އެއާ އެކު، މަސައްކަތް ކުރިއަށް ގެންދަންޖެހޭ ސްޕީޑު ލަސްވެ، ދައްޗާ ކުރިމަތިވެއެވެ. އެފަދަ ގޮންޖެހުންތަކާ އެކު ވެސް، އާރްޑީސީގެ މަސައްކަތްތެރި ނުކުތީ ގޮންޖެހުންތައް އޮތްކަން ދަނެގެންނެވެ.

“މިސާލަކަށް ދިމާވެދާނެ ކޮންކްރިޓް ޖަންގަޝަނެއް. އެހެންވީމާ އަޅުގަނޑުމެންގެ ނެޓްވޯކް އެބަޖެހޭ ޖަންކްޝަން ވަށާލާފައި ދާން،” އާރްޑީސީގެ ރޯޑް ކޮންސްޓްރަކްޝަން މެނޭޖަރު އަހުމަދު ޒަނީން ވިދާޅުވިއެވެ.

އެ ދަތިތަކުން އަރައިގަނެ، އަމީނީމަގުގެ ދެބައި ކުޅަ އެއްބައިގައި އެ ވަނީ ނެޓްވޯކެއް އަޅާފައެވެ. މުޅިން އަލަށް ފެނާއި ކަރަންޓާއި ފައިބަރ ނެޓްވޯކުތައް އެ ވަނީ އަޅާފައެވެ.

އަމީނީމަގުގެ އަޑި އޮތް ގޮތް ކުރިން ނޭނގުނަށް މިހާރު އޮތް ގޮސް ސާފުވެއްޖެއެވެ. ދަތިތަކާއި ގޮންޖެހުންތަކަށްފަހު، އަމީނީމަގުގެ ބޮޑު ބައިގައި އެ ވަނީ ތާރުއަޅަން ފަށާއެވެ.

އެ މަސައްކަތް ރޭ ފެށުމަށްފަހު، އާރްޑީސީގެ އެމްޑީ މޫސާ އަލި މަނިކު ރޭގައި ފެށި މަސައްކަތް ނިންމުމާއެކު ހަތަރު ސެގްމެންޓުގައި ތާރުއަޅާ ނިންމާލެވޭނެ ކަމަށެވެ.

“ހޮނިހިރު ދުވަހުގެ ނިޔަލަށް ހަތަރެއް، ފަހެއް، ހައެއް އަދި ހަތް ވަނަ ސެގްމެންޓްގައި ތާރު އަޅާ ނިންމާލެވޭނެ. އެއް ހަފްތާ ތެރޭގައި ހުޅުވާލާން” މޫކޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަގު ހުޅުވަން ހަތް ދުަވަސް އެއީ ބޭނުންވާ ވަރަށްވުރެވެސް މަދު މުއްދަތެއް ކަމަށެވެ. ނަމަވެސް މާލޭގެ ޓްރެފިކް އޮތް ގޮތުން އެންމެ މަދުވެގެން ހަތް ދުވަސް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ދަނީ

ތިން ސެގްމެންޓް ދޮޅުމަހުން ނިންމާލެވުން މޫކޭ ފާހަގަކުރެއްވީ އާރްޑީސީގެ މުވައްޒަފުންގެ ބުރަ މަސައްކަތެވެ. މޫކޭ އެންމެ ބޮޑަށް އުފާވަނީ ތިން އަހަރު ތެރޭގައި އާރްޑީސީގެ އަމިއްލަ ތަކެތީގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދެވުމެވެ. މުވައްޒަފުންގެ މަސައްކަތް މޫކޭ ވަނީ ވަކިން ހާއްސަގޮތެއް ގައި ފާހަގަކޮށްފައެވެ.

އަމީނީމަ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގައި ތާރު އަޅާނެވެ. އަދި މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އަމީނީމަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރާނެއެވެ. އަދި އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.

The post ހޮޅި އާއި ނަރާއި ކޭބަލްތަކުން ފުނިޖެހިފައި އޮތް އަމީނީމަގު، ތަރުތީބު މަގަކަށް first appeared on Hathaavees.



More from Hathaavees