މުސާރައިގެ ހަމަހަމަކަން ދެހެއްޓުމަށް އެދި ކައުންސިލުތަކުގެ އެސް.ޖީން މަޖިލީހުގެ ރައީސް އަދުރޭ އަރިހަށް!

Wed, 12 Jun 2024 01:14 PM

View on this article on Gohkolhu

މުސާރައިގެ ހަމަހަމަކަން ދެހެއްޓުމަށް އެދި ކައުންސިލުތަކުގެ އެސް.ޖީން މަޖިލީހުގެ ރައީސް އަދުރޭ އަރިހަށް!

ށ.ޅައިމަގު ކައުންސިލުން ހާމަކޮށްފައިވާ ގޮތުން ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން މަޖިލީހުގެ އިއްޒަތްތެރި ރައީސް ޢަބްދުއްރަޙީމު ޢަބުދު الله އާއި ބައްދަލުކޮށް ލޯކަލް ކައުންސިލު އިދާރާތަކާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަނގު ކުޑަކުރުމާއި ގުޅޭގޮތުން ވަނީ މަސްވަރާ ކުރެވިފައެވެ.



މި ބައްދަލުވުން ބާއްވާފައިވަނީ އިއްޔެ ރައްޔިތުން މަޖިލިސްކުރާ ގޭގައެވެ.

އިޝްތިހާރު
އިޝްތިހާރު

މިބައްދަލުވުމުގައި މަޖިލީހުގެ އިއްޒަތްތެރި ނައިބު ރައީސް އަހުމަދު ނާޒިމް، މެޖޯރީޓީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާހީމް ފަލާޙް، ބާރަށު ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާހީމް ސުޖާޢު، ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ މުޙައްމަދު ޝާހިދު އަދި ވިލިމާލެ ދާއިރާގެ އިއްޒަތްތެރި މެންބަރ މުޙައްމަދު އިސްމާޢީލް ވެސް ބައިވެރިވަޑައިގެންނެވިކަމަށް އެކައުންސިލުން ވިދާޅުވިއެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ މަޖްދާ އާމިނަތު، މުހައްމަދު ބިލް، އާޔަތުއް ﷲ ޝަކީލް، ޢަބްދުއް ރަފީޢު އަދި މުހައްމަދު ޝާފިއު ކަމަށް ޅައިމަގު ކައުންސިލުން މައުލޫމަތު ދެއްވިއެވެ.



More from Gohkolhu