ޚާއްޞަ އެހީތެރިކަން ދޭންޖެހޭ ދަރިވަރުން ބައިވެރިވާ އެންމެ ބޮޑު މުބާރާތުން މޮޅު ފެތުންތެރިންނަށް ޖައިޝް އާއި ޒިވާ

Mon, 21 Oct 2024 08:53 PM

View on this article on Gohkolhu

ޚާއްޞަ އެހީތެރިކަން ދޭންޖެހޭ ދަރިވަރުން ބައިވެރިވާ އެންމެ ބޮޑު މުބާރާތުން މޮޅު ފެތުންތެރިންނަށް ޖައިޝް އާއި ޒިވާ

ރާއްޖޭގައި ތިބި ޚާއްޞަ އެހީތެރިކަން ދޭންޖެހޭ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްގެން ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު މުބާރާތުގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި އަމީނިއްޔާ ސްކޫލުގެ ދަރިވަރު މޫސާ ޖައިޝް ސަނާއުﷲ ޝަކީބު އަދި ހުރަވީ ސްކޫލުގެ ދަރިވަރު މަރިޔަމް ޒިވާ ޒާހިދު ހޮވިއްޖެއެވެ.



މިދަރިވަރުން ވަނަތައް ހޯދާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ސްޕޮންސަރގެ ދަށުން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި، ބީ. އެމް. އެލް. ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގައި ވާދަކޮށްގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސްކޫލު ކުދިންގެ ފެތުމުގެ މުބާރާތަކީ ރާއްޖޭގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ވަކި ކެޓަގަރީއެއް ހަދައި ދަރިވަރުންގެ ކުޅަދާނަކަން ދައްކައިލުމަށް ބާއްވާ އެންމެ ބޮޑު މުބާރާތެވެ. ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މާލޭގައި ބާއްވާ ފެތުމުގެ ހުރިހާ މުބާރާތެއް އަދި ފެސްޓިވަލްތަކުގައިވެސް ޚާއްޞަ އެހީތެރިކަން ދޭންޖެހޭ ދަރިވަރުންނަށް ބައިވެރިވެވޭގޮތަށް އެލީޓް އެތުލީޓް ވިތު ޑިސްއެބިލިޓީ ނުވަތަ އީ. އޭ. ޑީ ގެ ނަމުގައި ކެޓަގަރީއެއް ތަޢާރަފްކޮށް އެކުދިންނަށް ވާދަކުރުމުގެ ފުރުޞަތު ދަނީ ދެމުންނެވެ.

ނިމިގެންދިޔަ ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގައި ވާދަކުރި ދަރިވަރުންގެ ތެރެއިން އީއޭޑީ ކެޓަގަރީން 2 ވަނަ އަންހެން ފެތުންތެރިޔާގެ މަޤާމު ހޯދީ ދަރުމަވަންތަ ސްކޫލުގެ މެރާލް ޙަސަން ކަލީމުއެވެ. 2 ވަނަ ފިރިހެން ފެތުންތެރިންގެ މަޤާމުހޯދީ ތާޖުއްދީން ސްކޫލުގެ ދަރިވަރު އަޙްމަދު ދާއީ މިރުޒާ އާއި އަމީނިއްޔާ ސްކޫލުގެ ދަރިވަރު މުޙައްމަދު ޝުޖާޢު އިސްމާޢީލް އެވެ. އީއޭޑީ ކެޓަގަރީން 3 ވަނަ ހޯދާފައިވާ ފިރިހެން ފެތުންތެރިންނަކީ ޢިމާދުއްދީން ސްކޫލުގެ ދަރިވަރު އަކުމަލް ޝަހުދީ ޢަބްދުލް ޣަނީ އާއި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރު ލިހާމް މަހުދީއެވެ. އަންހެން 3 ވަނަ ހޯދާފައިވާ ދަރިވަރުންނަކީ ޢިމާދުއްދީން ސްކޫލުގެ ޢާއިޝަތު އިސްރާ އާދަމް އާއި އަމީނިއްޔާ ސްކޫލުގެ ދަރިވަރު ޢާއިޝަތު ލައިކާ ޙުސައިން އެވެ.

މިފަހަރުގެ މުބާރާތުގައި މާލޭގެ ތަފާތު ސްކޫލުތަކުން 16 ދަރިވަރުން ވާދަކޮށްފައިވެއެވެ. މިދަރިވަރުން ވަނީ 25 މީޓަރު ފްރީސްޓައިލް، 25 މީޓަރު ބެކްސްޓްރޯކް، 25 މީޓަރު ބްރެސްޓް ސްޓްރޯކް، 25 މީޓަރު ބަޓަފްލައި އަދި 50 މީޓަރު ފްރީސްޓައިލް އާއި 50 މީޓަރުގެ ބެކްސްޓްރޯކް އިވެންޓުތަކުގެ ރޭސްތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
ފެތުމުގައި ހަރަކާތްތެރިވާ ކުލަބުތަކާ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ސްޕެޝަލް އޮލިމްޕިކްސް އަދި ޕެރަލިމްޕިކްސް އާއި ބެލެނިވެރިން ގުޅިގެން ޚާއްޞަ އެހީތރިކަމަށް ބޭނުންވާ ދަރިވަރުންގެ ފެތުމުގެ ތަމްރީނުތައް ޤަވާޢިދުން ކުރިޔަށް ގެންދެއެވެ. ފެތުމުގެ ތަމްރީނުތައް ކުރިޔަށް ގެންދަނީ ހުޅުމާލޭ ސްވިމިންގ ޕޫލު އަދި މާލޭ ސްވިމިންގ ޓްރެކްގައެވެ.

ބީ. އެމް. އެލް ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ ވަނަތަކަށްދިޔަ ފެތުންތެރިންނަށް މެޑެލްއާއި ތަށި ދިނުމުގެ ރަސްމިއްޔާތު އޮތީ 19 އޮކްޓޫބަރު 2024 ވީ ހޮނިހިރު ދުވަހު ހުޅުމާލޭ ސްވިމިންގ ޕޫލުގައެވެ. މިރަސްމިއްޔާތުގައި ފެތުންތެރިންނަށް މެޑަލްއާއި ތަށި ޙަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކްރެޑިޓް އާމިނަތު ޝިބާ ޒާހިރު އާއި، ހެޑް އޮފް ބްރާންޗަސް އެންޑް ސާވިސް ސެންޓަ ޙުސައިން ރަޝީދުގެ އިތުރުން ހެޑް އޮފް ކަސްޓަމަރ ސާވިސް ފާޠިމަތު މަލީހާ ޖަމާލު އާއި ޑިރެކްޓަރ އޮފް ކަސްޓަމަރ ސާވިސް ގުލްނާޒް މާހިރު އެވެ.



More from Gohkolhu