”ފަލަސްތީނާއެކު ދިވެހީން” ޓެލެތޯން ފަށައިފި

Wed, 12 Jun 2024 11:03 AM

View on this article on Gohkolhu

”ފަލަސްތީނާއެކު ދިވެހީން” ޓެލެތޯން ފަށައިފި

މި ޓެލެތޯން ފަށައިފައިވަނީ މިއަދު ހެނދުނު 08:00 ގައެވެ. އަދި މިރޭ 12:00 ގެ ނިޔަލަށް މި ޓެލެތޯން ކުރިއަށް ދާނެއެވެ.މި ޓެލެތޯން ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ފެށި މި ޓެލެތޯންގައި ރައީސްގެ އިތުރުން ކެބިނެޓު މިނިސްޓަރުންގެ އިތުރުން ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެލައްވައިފައެވެ.

މި ޓެލެތޯން އަކީ ރައީސް މުޢިއްޒުގެ އެދިވަޑައިގަތުމަށް ޕަބަލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާ ޓެލެތޯންއެއް ކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ.

މިއަދު ކުރިއަށްގެންދާ މި ޓެލެތޯންގައި މާލޭ ސަރަހައްދުގެ 13 ސަރަހައްދެއްގައި ފަނޑު ފޮށި ވަނީ ބަހައްޓައިފައެެވެ. އަދި މި ފަނޑު ފޮށި ތަކުގެ ތެރެއިން ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި ފިޔަވައި ދެން ހުރި ހުރިހާ ފަންޑު ފޮއްޓެއް އިރު އޮއްސުމުގެ ނިޔަލަށް ހުންނާނެއެވެ.

މީގެ އިތުރުން މި ޓެލެތޯންގައި އޮންލައިނކޮށް ވެސް އެހީގެ ފައިސާ ޖަމާކުރެވޭނެ ނިޒާމު ވަނީ ގާއިމު ކޮށްފައެވެ. އެގޮތުން އެހީގެ ގޮތުގައި ދިވެހި ރުފިޔާ ޖަމާކުރާނަމަ އެ ފައިސާ ޖަމާކުރާނީ 7730000655865 އަށެވެ.

އަދި ޑޮލަރު ޖަމާ ކުރާނަމަ ޖަމާކުރާނީ 7730000655866 އެކައުންޓަށެވެ.

ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު ވިދާޅުވީ ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާތޯ ޔަގީން ކުރަން މިނިވަން އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖައްސައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް އޭނާ ވަނީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ މިޓެލެތޯންގައި އެންމެންވެސް ބައިވެރިވުން މުހިންމު ކަން ފާހަގަ ކުރައްވައިފައެވެ.

ޒީނާ ވިދާޅުވީ މި ޓެލެތޯން މެދުވެރިކޮށް ނަމޫނާ އަދަދަކަށް ފައިސާ އެއްކުރެވޭނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.More from Gohkolhu