ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން އުޅެނިކޮށް އެކްސިޑެންޓްވެއްޖެ

Sun, 09 Jun 2024 05:32 PM

View on this article on Gohkolhu

ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން އުޅެނިކޮށް އެކްސިޑެންޓްވެއްޖެ

ޓީއެމްއޭގެ ސީ ޕްލޭނެއް މޫދުގައި ޖައްސަން އުޅުނު ވަގުތު އެކްސިޑެންޓެއް ހިނގައި އެ ސީޕްލޭން ދިޔަވާން ފަށައިފިއެވެ.ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ކައިރިއަށް ޓީއެމްއޭގެ ސީޕްލޭން ޖައްސަން އުޅެނިކޮށް އޭގެ ކަނދު ވަނީ ނެއްޓިފައި ކަމަށް މައުލޫމާތު ލިބެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދަތުރުގައި އެ ބޯޓުގައި ފަސިންޖަރުން ތިބި ނަމަވެސް ތިބީ ކިތައް މީހުން ކަން އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުން ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ޓީއެމްއޭގެ ބަހެއް އަދި ނުލިބިއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ސީޕްލޭން ދިޔަވާ މަންޒަރު ފެނެއެވެ. އަދި އޭގައި ތިބި ފަސިންޖަރުން ބޭލުމަށް އެ ސަރަހައްދުގައި ޑިންގީއަކާއި ލޯންޗެއް ދަނީ ހަރަކާތްތެރި ވަމުންނެވެ.More from Gohkolhu