ހުޅުމާލެ ހިޔާ ފްލެޓްތަކާ ދިމާލުން މޫދަށް ބޯވަ ނަގަން މިއަދު ހަވީރު ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ފުވައްމުލައް ސިޓީ، ދޫޑިގަން، ނިއުވާލީ، އިބްރާޙީމް ޝާހީން (37އ) އެވެ. އޭނާ ބޯވަ ހިފަން މޫދަށް ފޭބީ މިއަދު ހަވީރު 5:30 ހާއިރުކަމަށް މަޢުލޫމާތު ލިބެއެވެ.
ހިޔާ ފްލެޓްތަކާއި ދިމާލު މޫދަށް ފޭބި މީހަކު ޚަބަރެއް ނުވެގެން މިރޭ 9:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
The post ބޯވަ ނަގަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ appeared first on Furathama.