ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަޤާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝިމާދު އިބްރާޙީމް އައްޔަން ކުރައްވައިފިއެވެ.
ފެނަކައިގެ ޗެއާމަންގެ މަޤާމަށް ޝިމާދު އައްޔަން ކުރެއްވިކަން އިޢުލާނުކޮށް ފެނަކައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޝިމާދުގެ ވިޝަނާއި، ލީޑަޝިޕްގެ ދަށުން އެ ކުންފުންޏަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
ފެނަކައިގެ ޗެއާމަންގެ މަޤާމްގައޮ ކުރިން ހުންނެވި އަޙްމަދު ޝަހީރު އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ.
ފެނަކައިގެ ޗެއާމަންގެ މަޤާމަށް ޝިމާދު އައްޔަން މި ކުރެއްވީ އަންނަ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރާނެކަން ސަރުކާރުން އިޢުލާންކޮށްފައިވަނިކޮށެވެ.
The post ފެނަކަ ޗެއާމަނަކަށް އެސްޓީއޯގެ އެމްޑީ appeared first on Furathama.