43 އަހަރަށްފަހު ޗަންކީ ޑްރައިވިންގ ޓެސްޓުން ފާސްވެއްޖެ

Sun, 15 Sep 2024 02:37 PM

View on this article on Furathama

43 އަހަރަށްފަހު ޗަންކީ ޑްރައިވިންގ ޓެސްޓުން ފާސްވެއްޖެ

ބޮލީވުޑްގެ އެކްޓަރު ޗަންކީ ޕަންޑޭ 43 އަހަރަށްފަހު ޑްރައިވިންގ ޓެސްޓުން ފާސްވެއްޖެކަމަށް އޭނާ ބުނެފިއެވެ.



މި މަހުގެ 10 ވަނަ ދުވަހު އިންސްޓަގްރާމްގައި ފޮޓޯއެއް ހިއްސާކުރަމުން ޗަންކީ ބުނީ 43 އަހަރަށް ފަހު ޑްރައިވިން ޓެސްޓް ހަދައިގެން ފާސްވެއްޖެކަމަށެވެ. އޭނާ ވަނީ ރީޖަނަލް ޓްރާންސްޕޯޓް އޮފީސް (އާރުޓީއޯ)، މުމްބާއީ އަށް ވެސް ޝުކުރު އަދާކޮށްފައެވެ.

އިންސްޓަގްރާމްގައި ޗަންކީ ހިއްސާކުރި ފޮޓޯއިން ފެންނަނީ ޗަންކީ ކާރެއްގެ ތެރޭގައި ހުންގާނުގައި ހިފަހައްޓާލައިގެން އިން މަންޒަރެވެ. އޭނާގެ ކައިރީގައި ދެން އިށީނދެގެން އިނީ އާރުޓީއޯގެ އޮފިސަރެކެވެ.

The post 43 އަހަރަށްފަހު ޗަންކީ ޑްރައިވިންގ ޓެސްޓުން ފާސްވެއްޖެ appeared first on Furathama.



More from Furathama