ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

Fri, 26 Apr 2024 04:09 PM

View on this article on DhiDaily

ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.



އެމްއެންޑީއެފުން ބުނީ ހުޅުމާލެ، ފޭސް 1 ގެ ދިރާގު ސަރަޙައްދުގައި މިރޭ 21:30 ހާއިރު ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހަރަކާތަކީ ސިފްކޯ އިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. ހަވާ އަރުވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ ތިން މިނެޓެއްހާ އިރަށެވެ.

މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހުގެރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ވެސް ވަނީ ހަވާ އަރުވައިފައެވެ.



More from DhiDaily