ރާއްޖޭގައި ތިބި އިންޑިއާގެ 51 ސިފައިން ފޮނުވާލައިފި

Tue, 07 May 2024 02:29 PM

View on this article on DhiDaily

ރާއްޖޭގައި ތިބި އިންޑިއާގެ 51 ސިފައިން ފޮނުވާލައިފި

ރާއްޖޭވައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން މިހާތަނަށް ފޮނުވައިލެވުނީ 51 ސިފައިން ކަމަށް ސަރުކާރުން ބުނެފި އެވެ.



ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކުރިން ފޮނުވާލި ދެ ބެޗްގައި ހިމެނެނީ 51 ސިފައިން ކަމަށާއި ބާކީ ތިބި ސިފައިން ޝެޑިއުލާ އެއްގޮތަށް މި މަހުގެ 10 ގައި އެނބުރި ދާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މި މަހުގެ 10 ގެ ފަހުން އިންޑިއާގެ ސިފައިންނެއް ރާއްޖޭގައި ނުތިބޭނެ އެވެ. އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވައިލުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ

ސަރުކާރުން ބުނެފައިވާ ގޮތުގައި އިންޑިއާގައި ތިބީ ރާއްޖޭގެ 88 ސިފައިންނެވެ، މީގެ ތެރެއިން ފުރަތަމަ ބެޗް މާޗް މަހުގެ ކުރީކޮޅު އަދި ދެވަނަ ބެޗް މިދިޔަ މަހުގެ ކުރީކޮޅު އެނބުރި ގޮސްފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން އައީ އެ ގައުމުން ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓްގެ އޮޕަރޭޝަނާއި އެ އެެއްޗެހީގެ މެއިންޓަންސްގެ މަސައްކަތްތަކަށެވެ.



More from DhiDaily