އިދިކޮޅު މުޒާހަރާ: އެމްޕީ ސަޢީދު ހައްޔަރުކޮށްފި

Tue, 27 Dec 2022 10:29 PM

View on this article on DhiDaily

އިދިކޮޅު މުޒާހަރާ: އެމްޕީ ސަޢީދު ހައްޔަރުކޮށްފި

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން މިރޭ ކުރަމުން އަންނަ މުޒާހަރާގެތެރެއިން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހައްޔަރުކޮށްފިއެވެ.

ADVERTISEMENT



އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މުޒާހަރާ ފެށިތާ މާ ގިނައިރެއް ނުވަނީސް މުޒާހިރީން ހައްޔަރުކުރަން ފެށިއެެވެ.

އެ ގޮތުން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު މެންބަރު ސަޢީދު ވެސް ހައްޔަރުކޮށްގެން ވަނީ ފުލުހުންގެ ވެހިކަލުގައި ގެންގޮސްފައެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވީ މި މަހުގެ 25 ވަނަ ދުވަހުގައެވެ.

އެރެއިން ފެށިގެން އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުންދާއިރު މިއީ މި މުޒާހަރާތަކުގައި ލީޑާޝިޕްގެ އިސް ބޭފުޅަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.



More from DhiDaily