ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވުނީ އެމްޑިޕީގެ ނުފޫޒުން: ހީނާ

Fri, 19 Apr 2024 01:16 PM

View on this article on Dhen.mv

ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވުނީ އެމްޑިޕީގެ ނުފޫޒުން: ހީނާ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވުނީ އޭރު ވެރިކަމުގައި އޮތް ޕާޓީ، އެމްޑީޕީއިން ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކަމަށް ނޭޝަނަލް ސޯޝިއަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.Ads by Sosun Fihaara

އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ޔާމީން ޖަލުގައި ބާއްވައިގެން އަނިޔާދިނީ އެމްޑީޕީއިން ކަމަށެވެ. އަދި ރަމަޟާން މަހުވެސް ޖަލުގައި، ލުޔެއް ނުދީ ބޭއްވީ ވެސް އެމްޑީޕީއިން ކަމަށް ހީނާ ވިދާޅުވިއެވެ.

"މިއަދު ހާމަވެގެން އެދިޔައީ ވޭތުވެދިޔަ 5 އަހަރު ރައީސް ޔާމީނަށް އަނިޔާދީ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނީ އެމްޑީޕީންކަން. ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުން މަހުރޫމްކުރީ ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ސީދާ އެމްޑީޕީންކަން. އަދި އެއްވެސް ލުޔެއްނުދީ ރޯދަމަހުވެސް ޖަލުގޮޅީގައި ބޭއްވީ ހަމަ އެމްޑީޕީންކަން،"

ޕީއެންސީ/ޕީޕއެމުންގެ ސްޕޯސްކްޕާސަން މިފަދައިން ވިދާޅުވެފައިވަނީ، މި ވަގުތު ގޭބަންދުގައި ހުންނެވި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ ހައިކޯޓުގެ ބާތިލު ކޮށްފައި ވަނިކޮށެވެ.

ހުކުމާއި ގުޅުވައި އޭނާ ވިދާޅުވީ، މިއަދު ޔާމީން މިނިވަންވެގެން ދިޔައީ ޝަރުއީ ނިޒާމުގެ ތެރެއިން މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ. އަދި ޖުޑިޝަރީގެ މައްޗަށް ރައީސްގެ އެއްވެސް ނުފޫޒެއް ނެތްކަން ޔަގީންވެއްޖެ ކަމަށާއި، ރައީސް މުއިއްޒު އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދަވައިފި ކަމަށް ވިދާޅުވިއެވެ.

ޔާމީން މިނިވަންވީ ކަމަށް ހީނާ ވިދާޅުވީ ނަމަވެސް، ޔާމީން މިނިވަނެއް ނުވެއެވެ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރުގެ ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022ގަ އެވެ.More from Dhen.mv