ހުޅުމާލެ ފޭސް ތިނެއް ހިއްކަން އިތުރު ޑްރެޖަރެއް

Fri, 19 Apr 2024 11:04 AM

View on this article on Dhen.mv

ހުޅުމާލެ ފޭސް ތިނެއް ހިއްކަން އިތުރު ޑްރެޖަރެއް

މިހާރު ކުރިއަށްދާ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުން އަވަސް ކުރުމުގެ ގޮތުން މައިތުރު ޑުރެޖަރެއް ގެނެސްފިއެވެ.



ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލަށް އިތުރުކިރި ޑްރެޖަރަކާ އެކީ މިހާރު ދެ ޑްރެޖަރު ބޭނުންކޮށްގެން އިއްޔެ އިން ފެށިގެމް ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މި ޑްރެޖަރަކީ ކުރީގެ ޑްރެޖަރަށްވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރަށް ވެލި އުފުލޭ ޑްރެޖަރެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ މަރުހަލާގެ 10 ހެކްޓަރުގެ މަސައްކަތް ނިންމުމަށް ފަހު ދެވަނަ މަރުހަލާ ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.



More from Dhen.mv