ދިއްގަރު 75 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި

Thu, 18 Apr 2024 09:29 PM

View on this article on Dhen.mv

ދިއްގަރު 75 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި

މ. ދިއްގަރުގައި އިމާރާތްކުރާ 75 ހައުސިންގް ޔުނިޓުގެ ބިންގާ އަޅައިފިއެވެ.



Ads by Sosun Fihaara

މިއަދު ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޔުނިޓްތަކުގެ ބިންގާ އަޅުއްވައި ދެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓަރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އަބްދުﷲ ޒިޔާދުއެވެ.

މި ހައުސިންގް ޔުނިޓްތަކުގެ އެޕާޓްމެންތެއްގެ ބޮޑުމިނަކީ 1،000 އަކަފޫޓެވެ. އެޕާޓްމެންޓެއްގައި 3 ކޮޓަރި އާއި، 3 ފާހަނަ އަދި ސިޓިންގް ރޫމާއި ބަދިގޭގެ އިތުރުން ލޯންޑަރީ އާއި ސްޓޯ ރޫމެއް ހިމެނެއެވެ.

އަދި މި ޔުނިޓްތަކުގައި ޕާކަކާއި، ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއްް ވެސް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.

އެރަށުގައި ގާއިމްކުރާ ހައުސިންގް ޔުނިޓްތަކަކީ، ދިވެހި ސަރުކާރުގެ މި އަހަރަށް ކަނޑައެޅިފައިވާ ޕީއެސްޕީއައި ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކުރާ ޔުނިޓްތަކެކެވެ. ޖުމުލަ 117,979,805.75 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ މި ޔުނިޓްތަކުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 420 ދުވަސް ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ.

ދިއްގަރުގައި ހައުސިންގް ޔުނިޓް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިދިޔަ މަހުގެ ހަވަނަ ދުވަހު އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެރަށުގައި 75 ހައުސިންގ ޔުނިޓުގެ މަޝްރޫއެއް މި އަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި އޭގެ އިތުރަށްވެސް، ކުރިއަށް އޮތް ތަނުގައި، މި އަންނަ އަހަރުގެ ތެރޭގައިއާ އެކީގައި، އިތުރު ހައުސިން ޔުނިޓުތަކުގެ މަޝްރޫއު ހިންގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



More from Dhen.mv