އަލަށް ގޯއްޗެއް ލިބޭއިރަށް މައިންބަފައިންގެ ތަރިކައިން ލިބިފައި އޮތް ކުޑަ ބިންކޮޅު ދޫކޮށްލަން ޖެހުމަކީ އިންސާފެއް ނޫން: ޑރ. މުޢިއްޒު

Tue, 19 Sep 2023 12:01 PM

View on this article on Dhen.mv

އަލަށް ގޯއްޗެއް ލިބޭއިރަށް މައިންބަފައިންގެ ތަރިކައިން ލިބިފައި އޮތް ކުޑަ ބިންކޮޅު ދޫކޮށްލަން ޖެހުމަކީ އިންސާފެއް ނޫން: ޑރ. މުޢިއްޒު

އަލަށް ގޯތި ލިބުމުން މައިންބަފައިންގެ ތަރިކައިން ލިބިފައި އޮތް ކުޑަ ބިންކޮޅު ދޫކޮށްލަން ޖެހުމަކީ އިންސާފެއް ނޫން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރޭ މާފަންނު އުތުރު ދާއިރާގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ ކުޑަތަންކޮޅެއްގައި އުޅުމަށްފަހު ގޯއްޗެއް ނޫނީ ފްލެޓެއް ލިބުމުން އޭރު ދިރިއުޅެމުން އައި ތަން ދޫކޮށްލަން މަޖުބޫރު ކުރުމަކީ އިންސާފެއް ނޫން ކަމަށެވެ.

އަދި އެމަނިކުފާނުގެ ސަރުކާރެއްގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލެެއް ގެނެސްގެން ވިޔަސް އަދި އެއާ ގުޅިފައި ހުރި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލެއް ވިއްޔާ ގެނެސްގެން ވިޔަސް ދިރިއުޅެމުންދާ ކުދި ތަންތަންކޮޅު ދޫކޮށްލަން ނުޖެހޭގޮތް ހައްދަވައި ދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"މައިންބަފައިން އަތުން ލިބުނު ތަންކޮޅު، ނުވަތަ ގޭތެރޭގައި ބަހާލައިގެން ކޮންމެ ކޮޓަރިއެއްގައި އުޅެމުންދަނިކޮށް އެ ކޮޓަރި ވެސް ދޫކޮށްލާފަ ދާން ޖެހުނީމަ، އަސްލު އެހާ ދުވަސް ކޮށްފައި 30، 40 އަހަރު ކޮށްފައި މި ލިބޭ ގެދޮރުގެ ފުރުސަތު އެންމެ އިންސާފުވެރި ގޮތަކަށް ލިބުނު ކަމަކަށް އިހުސާސެއް ނުވާނެ" މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި މާލެ ސަރަޙައްދުން ހިއްކެން ހުރި ހުރިހާ ތަނެއް ހިއްކައިގެން ބޭނުން ޖެހިފައިވާ ހުރިހާ ޢާއިލާތަކަށް ގޯތިގެދޮރު ދީގެން ނޫނީ މާލެ ސަރަޙައްދުގެ ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ޙައްލެއް ނުހޯދޭނެ ކަމަށެވެ.



More from Dhen.mv