އެމްޑީޕީ ހަރުގޭގައި ހުދު ކުލަ ލަނީ

Mon, 29 May 2023 05:14 PM

View on this article on Dhen.mv

އެމްޑީޕީ ހަރުގޭގައި ހުދު ކުލަ ލަނީ

އެމްޑީޕީ ހަރުގެ ހުރި ތަނުގައި "ދަ ޑިމޮކްރެޓްސް" ޕާޓީގެ ޖަގަހަ ހުޅުވައި އެތަނުގައި ހުދު ކުލަ ލާން ފަށައިފިއެވެ.

އެ ތަނުގައި ކުލަ ލުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދަނީ ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަމްރު ހުސައިން ރަޝާދުއެވެ. މީގެ އިތުރުންވެސް ޑިމޮކްރެޓްސްގެ މެމްބަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ޑިމޮކްރެޓްސް އިން އެ ތަނުގައި ޖަހަ ހަދަން ނިންމާފައިވަނީ އެތަން ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު އެތަން ހުސްކުރުމަށް ނޯޓިސް ދިން ނަމަވެސް އެމްޑީޕީން އެތަން ހުސްކުރުމަށް ދެކޮޅުހަދައި ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީ މައި ހަރުގެ ހުންނަނީ އެ ޕާޓީގެ ކުރީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުގެ ބިމެއްގައެވެ. ޝަފިއްޔާ ބުނީ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ މިހާރު އެބިން ކުއްޔަށް ދިނުމާ ގުޅޭ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. ޝަފިއްޔާ ބުނީ މިހާރު އެ ބިން އޭނާ ކުއްޔަށް ދޫކުރީ ވިޔަފާރިވެރިޔަކަށް ކަމަށެވެ.



More from Dhen.mv