އުޖާލާ ޒަމާން: ނާޒިމްގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިފި

Fri, 26 May 2023 10:02 PM

View on this article on Dhen.mv

އުޖާލާ ޒަމާން: ނާޒިމްގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކޮށްފިއެވެ.

މިރޭ އާޓިފިޝަލް ބީޗްގައި މިކަމަށްޓަކައި ބޭއްވި އެމްއެންޕީގެ ހާއްސަ ޖަލްސާގައި އެމްއެންޕީން ބޭނުންކުރަން ހަމަޖެހިފައިޗާ ލޯގޯއާއި ޝިއާރުގެ އިތުރުން ލަވަވެސް ވަނީ އިފްތިތާހްކޮށްފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޝިއާރު ނުވަތަ ސްލޯގަން އަކަށް ނާޒިމު ބޭނުންކުރައްވާނީ "އުޖާލާ ޒަމާން" މިއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޕީގެ މެމްބަރުންނާއި ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. އިދިކޮޅު ޕީޕީއެމްއިން ވާދަކުރަން ނިންމާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނެވެ. ނަމަވެސް އެމަނިކުފާނު ގެންދަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އިންތިޚާބުގައި ދެން ވާދަކުރައްވާނެކަމަށް އިޢުލާން ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި، މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ޑރ.މުޙައްމަދު މުނަވަރުގެ އިތުރުން ޢުމަރު ނަޞީރެވެ.



More from Dhen.mv