އިންތިހާބު އޮބްޒާވް ކުރަން ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފި

Sat, 25 Mar 2023 04:14 PM

View on this article on Dhen.mv

އިންތިހާބު އޮބްޒާވް ކުރަން ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފި

ރިޔާސީ އިންތިޚާބު މޮނީޓާކުރަން ބޭރުގެ އޮބްޒާވަރުންނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ރިޔާސީ އިންތިހާބު އޮބްޒާވް ކުރަން ބޭނުންވާ ބޭރުގެ ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކާއި އެހެނިހެން ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ޖުލައި 25 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވެވެނީ އުމުރުން 18 އަހަރު ފުރިފައިވުމާ އެކު ބޭރުގެ ޖަމާއަތެއްގެ މަންދޫބަކަށްވުމެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަކީ ވެސް ޝަރުތެކެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދު 280،000އިން މަތިވާނެކަމަށް ކަމަށް އީސީން ލަފާކުރެއެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާނެއެވެ.



More from Dhen.mv