އަނިޔާވެރިކޮށް ޓެކްސީ ޑްރައިވަރު މަރައިލި މައްސަލައިގެ ޙުކުމް އިއްވުން މިއަދު

Sun, 19 Mar 2023 09:19 AM

View on this article on Dhen.mv

އަނިޔާވެރިކޮށް ޓެކްސީ ޑްރައިވަރު މަރައިލި މައްސަލައިގެ ޙުކުމް އިއްވުން މިއަދު

އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރައިލި މައްސަލައިގެ ޙުކުމް އިއްވުން މިއަދަށް ހަމަޖައްސައިފިއެވެ.

ޓެކްސީ ޑްރައިވަރު، ޤާސިމް މަރައިލީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް ދަޢުވާކޮށްފައިވަނީ ވަނީ ޅ. ހިންނަވަރު / ބޮޑުހިޔާގެ، އަދުހަމް މުޙައްމަދުގެ މައްޗަށެވެ.

އޭނާގެ މައްޗަށްއުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

މައްސަލައިގައި ޙުކުމް އިއްވުން ކްރިމިނަލް ކޯޓުން ތާވަލު ކޮށްފައިވަނީ މެންދުރު 13:00 ގައެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

އުމުރުން 59 އަހަރުގެ ޤާސިމްގެ ކަރަށް ވަޅި ހަރައި މަރާލި މައްސަލައިގައި މީގެ ކުރިން ކުށަށް އިޢުތިރާފްވެ، މައްސަލައިގެ ތަހުޤީޤު އަވަސްކޮށް، އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވައިލަން ވެސް އެއްބަސްވެފައިވެއެވެ. އެހެންނަމަވެސް، އޭނާ ފަހުން ވަނީ ކުށަށް އިންކާރު ކޮށްފައެވެ.

ކުށަށް އިއުތިރާފުވެ ފަހުން އެކަމަށް އިންކާރުކުރީ އޭނާ ޖަލުގައި ހުރި ގޮޅީގައި ތިބި ޤައިދީން ބިރު ދައްކާ މަޖުބޫރު ކުރުވުމުން ކަމަށް އަދުހަމް ބުނެއެވެ. ނަމަވެސް މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރަކަލެއް ނެތްކަމަށްވެސް އަދުހަމް އޭރު ބުނެފައިވެއެވެ.

މި މައްސަލާގައި ދައުލަތުން ހުށަހެޅި ހުލާސާ ބަޔާނުގައި ވަނީ އަދުހަމް މަސްތުވީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމަށެވެ.  އެހެންނަމަވެސް އަދުހަމްގެ ދިފާއީ ވަކީލު ވަނީ އޭނާގެ ގަސްތުގައި މީހަކު މެރުމުގެ ނިޔަތް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ ނިޔަތް އޮތީ ފޭރުމަށް ކަމަށް ވެސް ވިދާޅުވެފައެވެ.



More from Dhen.mv