އީސީގެ މެމްބަރަކަށް ޒަކަރިއްޔާ އައްޔަން ކުރަން ފާސްކޮށްފި

Sun, 31 Mar 2024 09:55 PM

View on this article on Channel News Maldives

އީސީގެ މެމްބަރަކަށް ޒަކަރިއްޔާ އައްޔަން ކުރަން ފާސްކޮށްފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ، އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ޒަކަރިއްޔާގެ ނަން ދިރާސާ ކުރުމަށްފަހު އީސީގެ މެންބަރުކަމަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ. 



އިލެކްޝަންސްގެ މެންބަރުގެ މަގާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ހަބީބު އަބްދުއްރަހީމްގެ ދައުރު މިމަހު 13ގައި ހަމަވުމާއި ގުޅިގެންނެވެ.

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަގާމަށް ކުރިމަތިލުމަށް އާއްމުކޮށް ހުޅުވާލުމުން ޒަކަރިއްޔާގެ އިތުރުން 13 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ކޮމިޝަނުގެ މެންބަރެއްގެ މުއްދަތަކީ 4 އަހަރެވެ.

އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޒަކަރިއްޔާ އައްޔަންކުރީ ޖޫން 18، 2021 ގަ އެވެ.

ފަސް މެމްބަރުން އެކުލެވޭ އީސީގެ ރައީސަކީ ފުއާދު ތައުފީގެވެ. އަދި މިހާރުގެ ނައިބު ރައީސަކީ އަލީ ނަޝާތެވެ.



More from Channel News Maldives