ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

Sun, 31 Mar 2024 08:11 PM

View on this article on Channel News Maldives

ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
މިއަދުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

ރާއްޖޭގެ ޒަކާތު ހައުސް އިން ކުރި އިއުލާނެއްގައި ބުނީ، އެ ފުރުސަތު މި މަހުގެ 9 އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާ ކަމަަށެވެ. މިގޮތުން ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކައުމަށް ބޭނުން ކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.



މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނަނީ އަމީނިއްޔާ ސްކޫލް ހޯލު (ލިލީމަގު ދޮރާށި)އިންނެވެ. އެގޮތުން ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 13:00 ން 16:00 އަށް ގޮވަމުން ޒަކާތް ދައްކާނެއެވެ. އަދި އޭޕްރިލް ނުވަ ވަނަ ދުވަހު 13:00 ން 18:00 އަށް ޒަކާތް ދެއްކޭނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކަކީ، އާދައިގެ ހަނދޫ، ތައި ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަންފުށް އަދި އާޓާ ފުށެވެ.

މި އަހަރު ރޯދަ މަހުގެ ފުރަތަމަ 10ގައިވެސް ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1,599,113 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރު އެވެ.



More from Channel News Maldives