ތިނަދޫއަށް ސިޓީ ދަރަޖަ ލިބުނީ އެމްޑީޕީގެ ސަބަބުން: އެމްޑީޕީ

Sun, 31 Mar 2024 07:46 PM

View on this article on Channel News Maldives

ތިނަދޫއަށް ސިޓީ ދަރަޖަ ލިބުނީ އެމްޑީޕީގެ ސަބަބުން: އެމްޑީޕީ
ގދ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ލިބުނީ އެމްޑީޕީގެ ސަބަބުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތިނަދޫ ސިޓީއަކަށް ހެދުމަށް ގާނޫނަށް ގެނައި އިސްލާހުގެ ބިލް މިދިޔަ އަންގާރަ ދުވަހު ތަސްދީގުކުރައްވައިފަ އެވެ. އެއަށްފަހު، ތިނަދޫ ކައުންސިލްގެ ނަން، ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.



މިކަމާ ގުޅިގެން މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ތިނަދޫ އަކީ ސިޓީއެއްކަމަށް ކަނޑައަޅާފައިވަނިކޮށް އެކަން ހުއްޓުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކަމަށެވެ.

އަދި އެ ރަށަށް ލިބެންޖެހޭ ސިޓީއެއްގެ ދަރަޖަ ރައީސް ޑރ. މުޢިއްޒު އޮތީ ހިފަހައްޓާފައި ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެ އެވެ.

އެކަން އެހެން އޮއްވާ، ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސް, ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅިގެން ދިޔައީ، އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކޮށްގެން ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ފެށި ފަހުން ސިޓީއެއްގެ ދަރަޖަ ދެވިފައި ވަނީ ހަމައެކަނި އެމްޑީޕީގެ ސަރުކާރުތަކުގައި އެކަނި ކަމަށެވެ. އެގޮތުން އައްޑު އަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅުނު ފަހަރު ވެސް އެމްޑީޕީއާ ދެކޮޅު ސިޔާސީ ފިކުރުތައް ތިބީ ސިޓީއެއްގެ ދަރަޖަ އައްޑު ނުދޭން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ބުނީ ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމަށްވާ ނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެ ވަގުތުން ފެށިގެން އުވުނީ ކަމަށެވެ. އަދި އަތޮޅު ކައުންސިލުން ބަލަމުން ދިޔަ ތަންތަނާއި ދެމުން ދިޔަ ހިދުމަތްތައް ކުރިއަށް ގެންދާނީ އެގޮތުން އުފެދޭ ސިޓީ ކައުންސިލް ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ސިޓީއެއްގެ ދަރަޖަ ދޭން ނިންމިކަން ކުރީގެ ސަރުކާރުން އިއުލާންކުރި ފަހުން ވެސް ތިނަދޫ ކައުންސިލްގެ ކަންބޮޑުވުމަކަށް ވީ އެކި އިދާރާތަކުން އެ ކައުންސިލަށް އެކި ގޮތްގޮތަށް އެޑްރެސް ކުރާ މައްސަލަ އާއި ބަޖެޓާއި މެންބަރުންގެ މުސާރައިގެ އިތުރުން ބައެއް ހިދުމަތްތައް ދިނުމުގައި އޮޅުން އަރާ މައްސަލަ އެވެ. މިއާއެކު ކައުންސިލްގެ ރައީސަކީ ސިޓީގެ މޭޔަރު ކަމަށް ކަނޑަނޭޅޭތީ، އެ މައްސަލަ ވެސް އޮތީ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅައިފަ އެވެ.

ނަމަވެސް، ގާނޫނު އޮތް ގޮތުން ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ނުދެވޭނެ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފަ އެވެ. އެލްޖީއޭއިން ބުނީ ރަށު ކައުންސިލެއްގެ ދައުރުގެ މެދު ތެރެއިން އެ ރަށެއް ސިޓީއަކަށް ބަދަލުވެއްޖެ ނަމަވެސް، އެ ސިޓީއެއް ހިންގަމުންދާނީ ރަށު ކައުންސިލްގެ ބެލުމުގެ ދަށުން ކަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާއިން ސާފުވާ ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހުތައް ހުށަހެޅީ އެ ސަބަބުތަކާ ހެދި އެވެ.




More from Channel News Maldives