ޝަމާހުގެ ސަސްޕެންޝަނަށް އިތުރު 7 ދުވަސް

Sun, 31 Mar 2024 05:39 PM

View on this article on Channel News Maldives

ޝަމާހުގެ ސަސްޕެންޝަނަށް އިތުރު 7 ދުވަސް
މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ސަސްޕެސްޝަން މުއްދަތަޢް އަނެއްކާވެސް 7 ދުވަސް ޕްރައިވެޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން ބޯޑުން އިތިރުކޮށްފިއެވެ.

ޕީސީބީން ބަލަމުންދާ މައްސަލައެއްގަައި ޝަމާހު 14 ދުވަހުގެ މުއްދަތަށް މަގާމުގެ މަސްއޫލިއްޔަތު ތަކުން ސަސްޕެންޑް ކުރީ މިމަހުގެ 18 ގައެވެ. އެ މުއްދަތު މިއަދު ހަމަވާތީ ޕީސީބީން ވަނީ ޝަމާހުގެ ސަސްޕެންޝަން އަންނަ މަހުގެ 21 އިތުރުކުރިކަން އޭނާއަށް މިއަދު އަންގާފައެވެ. 



އެނގިފައިވާ ގޮތުގައި ޝަމާހުގެ ސަސްޕެންޝަން މުއްދަތު އިތުރުކުރީ އޭނާއާއި ގުޅިގެން ބަލަމުންދާ މައްސަލަ އަދދި ފުރިހަމަ ނުވާތީއެވެ. 

ހަރަދުތަކަށް ނުބަލާ، ޒާތީ މަސްލަހަތު އިސްކޮށް މުވައްޒަފުންނަށް ބިރު ދައްކަމުން މިފްކޯ ހިންގާ ކަމަށް ތުހުމަތު ސަމާހު މައްޗަށް ވަނީ އުފުލިފައެވެ. އަދި އެކަން އެގޮތަށް ކުރާނަމަ އެކަން ހުއްޓާލުމަށް މީގެ ކުރިން ޕީސީބީން ވަނީ އަންގާފައެވެ. 

ޝަމާހުގެ މައްސަލާގައި އޭނާ އާއި ޕީސީބީ ވަނީ މަޖްލީހުގެ އެސްއޯއީ ކޮމެޓީއަށް ހާޒިރުކޮށްފައެވެ. ކޮމެޓީގައި ވާހަކަދައްކަމުން ޝަމާހު ވިދާޅުވީ އޭނާ އާއި ގުޅޭ މައްސަލަތަކެއް ފެންމަތިކޮށްގެން އުޅެނީ ޒަމާނުންސުރެ މިފްކޯގައި ހިންގާ ކޮރަޕްޝަންތައް ނައްތާލުމަށް ފިޔަވަޅު އަޅަމުންދާތީކަމަށެވެ. އަނެއްކޮޅުން ޕީސީބީން ބުނީ ޝަމާހުއާ ގުޅޭ ކިތާބީ ހެކިތައް ލިބިފައިވާކަމަށެވެ. 

ސަމާހު މައްޗަށް ކުރާ ތުހުމަތުތައް

  • ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމާއި ސިޔާސީ ބޭނުންތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކުރުން
  • ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި، ވަޒީފާގެ ބިރުދެއްކުމާއި، ދާއިމީ މަގާމު ތަކުގައި ތިއްބި މުވައްޒަފުންނަށް ވަޒީފާއާ ބެހޭ ގާނޫނު ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުމާއި، ސަބަބެއް ނެތި އެހެން ޑިޕާޓްމަންޓުތަކަށާއި، ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަށަށް ބަދަލުކުރުން
  • ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި، ރަށްޓެހިންނަށް ބަޖެޓު ހަމަޖެހިފައި ނުވަނީސް ވަޒީފާދިނުން
  • ހެޑު ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް، އެއްވެސް ޝަރުތުތަކަށް ބެލުމެއް ނެތި، އާއްމުކޮށް އިއުލާން ކުރުމަކާއި ނުލާ މުވައްޒަފުން ނެގުމާއި، އިޖުރާތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުން
  • ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލާ ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމު ތަކަށް މީހުން ނެގުން
  • އުސޫލުތަކާއި ހިލާފަށް އެކަށީގެންވާ ތައުލީމާއި، ތަޖުރިބާއެއް ނެތް މީހުން ޑިޕާޓްމަންޓުތަކުގެ ވެރިންނަށް އައްޔަންކުރުން
  • ރަސްމީ ދަތުރުތަކުގައި ދާއިރު ކުންފުނީގައި ހެދިފައިވާ އުސޫލްތަކާއި ހިލާފަށް ކަމާއި ނުބެހޭ މުވައްޒަފުންނާއި ކުންފުނި ހިންގުން ހަވާލުކުރުން އަދި އެފަދަ ދަތުރުތަކުގައި ބޭކާރު، ކަމާ ނުގުޅޭ މުވައްޒަފުން ބައިވެރި ކުރުމާއި އަދި ހަރަދު ކުޑަކުރުމަށް އިސްކަންދިނުން


More from Channel News Maldives