ސްޕޯޓްސް ކައުންސިލަރުން ޔޫތް މިނިސްޓްރީގެ ދަށަށް

Sun, 31 Mar 2024 02:19 PM

View on this article on Channel News Maldives

ސްޕޯޓްސް ކައުންސިލަރުން ޔޫތް މިނިސްޓްރީގެ ދަށަށް
ރަށްރަށުގެ ސްޕޯޓްސް ކައުންސިލަރުން ޔޫތް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.
ޔޫތު މިނިސްޓްރީން ރަށްރަށުގެ ކައުންސިލަތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ ސްޕޯޓްސް ކައުންސިލަރުން އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ރައީސް ނިންމަވާފައިވާކަމަށެވެ. 

އެހެންކަމުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަށް ރަށުގެ ސްޕޯޓްސް ކައުންސިލަރުން އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަން (ސިއެސްސީ) އާ ގުޅިގެން ކުރަމުންދާކަމަށްވެސް ޔޫތް މިނިސްޓްރީން ބުނެއެވެ. 

މި ބަދަލާއެކު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްޕޯޓްސް ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމުގެ އެންމެހާ ކަންކަންވެސް ކުރާނީ ޔޫތު މިނިސްޓްރީންކަމަށްވެސް އެ މިނިސްޓްރީން ސްޕޯޓްސް ކައުންސެލަރުން ތިބި ހުރިހާ ރަށު ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައިވެއެވެ. 






More from Channel News Maldives