އެންގީ މަގަށް ހޮޅިނު ޖަހަން، އަޑެއްނޭހި ސަރުކާރު ބެނާތައް

Sun, 31 Mar 2024 02:00 PM

View on this article on Channel News Maldives

އެންގީ މަގަށް ހޮޅިނު ޖަހަން، އަޑެއްނޭހި ސަރުކާރު ބެނާތައް
ކެމްޕެއިން ބޭނުމަށް މާލޭގެ އެއްވެސް މަގެއްގެ ޕޭވްމަންޓަށް ހޮޅި ނުޖަހަން އަންގާ މާލޭ ސިޓީ ކައުންސިލުން އިންޒާރު ދީފައިވަނިކޮށް މަގަށް ހޮޅި ޖަހާ ސަރުކާރު ކެންޑިޑޭޓުންގެ ބޭނާތަކުން މަޖީދީމަގު ފުރާލައިފިއެވެ. މަގަށް ހޮޅި ނުޖަހަން އިންޒާރުދީފައި އޮއްވާ ސަރުކާރު ބެނާތައް ދަމާ ފުރާލައިފި

ކެމްޕެއިން ބޭނުމަށް މާލޭގެ އެއްވެސް މަގެއްގެ ޕޭވްމަންޓަށް ހޮޅި ޖަހައިފިނަ އެތަކެތި ނަގާނެކަމުގެ އިންޒާރު މާލޭ ސިޓީ ކައުންސިލުން ދިނީ މިމަހުގެ 20 ވަނަދުވަހުއެވެ. .



އެ ކައުންސިލުން ބުނީ އިސްތިހާރު ހަރުކުރުމަށްވެސް ނުވަތަ ކެމްޕެއިން ބެނާ ދެމުމަށްވެސް މަގުމަތީގެ ފޭވްމަންޓަށް ހޮޅި ޖެހުމަކީ މަނާކަމެއްކަމަށެވެ. އަދި ކައުންސިލުން ވަނީ އޭރު މާލޭގެ މަގުތަކަށް ޖަހާފައި ހުރި ހޮޅިތައް ނައްޓާލައިގެން ގެންދާތަނުގެ ފޮޓޯވެސް އެ ކައުންސިލްގެ އެކްސްގައި ޕޯސްޓްކޮށްފައެވެ. 

ސިޓީ ކައުންސިލްގެ މި އިންޒާރު ދިންނަމަވެސް މާލޭގެ އެންމެ ހަލަބޮލި މަޖީދީމަގުގައި އެއްކޮޅުން އަނެއްކޮޅަށް ވަނީ ދެ ފަރާތު ފޭވްމަންޓަށް ހޮޅި ޖަހާފައެވެ. އަދި ހޮޅިތަކުގައި ސަރުކާރު ކޯލިޝަނުން މަޖިލީހުގެ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ބެނާތައް ހުރީ ދަމާފައެވެ. އަދި ސަރުކާރު ކެންޑިޑޭޓުންގެ ދިދަތައްވެސް އަންނަނީ ދަމަމުންނެވެ. 

ސިޓީ ކައުންސިލުން މަނާކަމަށް ބުނިމަމެއް ކުރަމުން އަންނަ އިރު އެ ކައުންސިލުންގެ ބަހެއް މިކަމުގައި ނެތެވެ. ކުރާ ހުރިހާ ކަމެއް އެކްސްގައި ޕޯސްޓްކުރަމުން އަންނަ ކައުންސިލުން، މަގުތަކުގައި ހޮޅިޖަހާ މައްސަލާގައި އެއްވެސް އެއްޗެއް އެކްސްގައިވެސް ނުބުނެއެވެ. 

މިދިޔަ ރިޔާސީ އިންތިހާބައި މާލޭ ސިޓީ މޭޔަރުގެ އިންތިހާބުގައިވެސް މާލޭގެ މައިމަގު މަޖީދީމަގު ފޭވްމަންޓަށް ހޮޅި ޖަހާ ކެމްޕެއިން ބެނާތައް ދެމިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އޭރުގެ މޭޔަރު ޑރ މުހަައްމަދު މުއިއްޒުގެ ކެމްޕެއިން ބެނާތައް ދަމަން މަޖީދީމަގަށް ސިޓި ކައުންސިލްގެ މުވައްޒަފުން ނުކުމެ ހޮޅި ޖަހަނިކޮށް ބައެއް ފޮޓޯތައް އެދުވަސްވަރު އާއްމުވިއެވެ. އެހެންނަމަވެސް އޭރު މޭޔަރަކަށް ހުންނެވި މުއިއްޒު އޭރު ވިދާޅިވީ އެއީ އެމަނިކުފާނަށް އެނގިގެން ހިނގާކަމެއް ނޫންކަމަށެވެ. 



More from Channel News Maldives