ގޮނޑި ގެއްލުން އިހްތިޔާރީކަމަކަށް ހަދާ ކޮމެޓީން ފާސްކޮށްފި

Thu, 28 Mar 2024 11:16 PM

View on this article on Channel News Maldives

ގޮނޑި ގެއްލުން އިހްތިޔާރީކަމަކަށް ހަދާ ކޮމެޓީން ފާސްކޮށްފި
އިންތިހާބުވާ ޕާޓި ބަދަލުކުރުމުން ގޮންޑި ގެއްލޭގޮތަށް ކަނޑައަޅަން އިދިކޮޅު އެމްޑީޕީން ހުަށައެޅި އެންޓި ޑިފެކްޝަން ބިލަށް ބަދަލުތައް ގެނެސް ކޮމެޓީން ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހުން ބަލައިގަނެ ދިރާސާ ކުރުމަށް 7 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވީ މިދިޔަ ބުދަ ދުވަހު އެވެ. ކޮމެޓީން މަރުހަލށާގައި ބިލަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. 



އެންމެ ބޮޑު ބަދަލަކީ ގޮނޑި ގެއްލުން އިހްތިޔާރީކަމަށް ބަދަލުކުރުމެވެ. ބިލް މަޖިލީހަށް ހުށަހެޅިއިރު، ބިލުގައި ވަނީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކެވެެ. އެހެންނަމަވެސް އަރިމަތީ ސުރިހީއެއް ހިމަނާ ކޮމެޓީން "ގޮނޑި ގެއްލޭނެ ހާލަތު"ގެ ބަދަލުގައި މިހށާރު ޖަހާފައިވަނީ "މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ހާލަތްތައް" މިހެންނެވެ. 

މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭ ކަމަށް ބިލުގައި ބުނާ ހާލަތުތައް 

1- ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރަކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުން

2- އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން

3- އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން

ބިލުގައިވާ ގޮތުން މިއިން އެއްވެސް ކަމެއް ދިމާވެއްޖެނަމަ އެ މެމްބަރަކު އިސްތިއުފާ ދޭންޖެހެއެވެ. އެެހެންނަމަބެސް އިސްތިއުފާ ނުދީފިނަމަ ދެން ވާންވީ ގޮތެއް ބިލަކު ނެތެވެ. 

އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރާ ތާރީހުން ފެށިގެން ހަތް ދުވަސް ތެރޭ އެ ނިންމުމަކާ ގުޅޭ ގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އެ މީހަކަށް ލިބިގެންވާ ކަމަށް އެ ބިލްގައިވެއެވެ. އަދި އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަހަނާޅާ ނަމަ، އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ ކަމަށް އެ ބިލްގައިވެއެވެ.

ކުރިން ބިލުގައި ޕާޓީން ވަކިކުރާ ހާލަތުގައި އަމަލު ކުރާނެ ގޮތެއް ގޮތުގައި ބަޔާންކޮށްފައި ވަނީ އެ މެމްބަރަކު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ މެދުގައި އޭނާ މަގާމުގައި ހުންނަން ފެނޭތޯ ބެލުމަށް ރީކޯލް ވޯޓެއް ނެގުމަށެވެ. އެ ހާލަތުގައި މެމްބަރުގެ ގޮނޑި ގެއްލޭނީ އެ ވޯޓުގައި އަގުލަބިއްޔަތުން ނުފެންނަކަމަށް ނިންމައިފިނަމައެވެ. އެހެންނަމަވެސް އެ މާއްދާއާއި ރިކޯލް ވޯޓާ ގުޅޭ ބާބުވެސް ކޮމެޓީ މަރުހަލާގައި ވަނީ އުނިކޮށްފައެވެ.  

މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާތީ ބައެެއް މަޖިލިސް މެމްބަރުންވެސް އަދި ގާނޫނީ ބައެއް ބޭފުޅުންވެސް ދެކެނީ އެންޓި ޑިފެކްޝަން ގާނޫނުގައި ގޮނޑި ގެއްލޭނެކަމަށް ބަޔާންކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެންނެވެ. 



More from Channel News Maldives