ފުރަތަމަ 10ގައި ޒަކާތުގެ ގޮތުގައި 1.5 މިލިއަން

Thu, 28 Mar 2024 10:50 PM

View on this article on Channel News Maldives

ފުރަތަމަ 10ގައި ޒަކާތުގެ ގޮތުގައި 1.5 މިލިއަން
މިރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ ފުރަތަމަ 10 އެއްގައި ޒަކާތުގެ ގޮތުގައި ޖުމްލަ 1,599,113 ރުފިޔާ (އެއްމިލިޔަން ފަސްލައްކަ ނުވަދިހަ ނުވަހާސް އެއްސަތޭކަ ތޭރަ ރުފިޔާ) ލިބިފައިވާކަމަށެވެ. މީގެތެރެއިން އިސްލާމީ 206,814 ރުފިޔާއަކީ ވުޒާރާގައި ގާއިމުކޮށްފައިވާ ކައުންޓަރުން ބަލައިގެން އަދަދުކަމަށްވެސް ައިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ. 



ވުޒާރާއިން ހާމަކޮށްފައިވާ ހިސާބުތައް ދައްކާގޮތުން ފުރަތަމަ 10 އެއްގައި އެންމެ ގިނައިން ޒަކާތް ދެއްކީ އާދައިގެ ހަނޑުލުންނެވެ. އާދައިގެ ހަނޑުލުން 22,759 މީހުން ޒަކާތުގެ ގޮތުގައި 273,108 ރުފިޔާ ވަނީ ދައްކާފައެވެ. ތައިލެންޑް ހުދު ހަނޑުުން 886 މީހުން ޒަކާތުގެ ގޮތުގައި 62,020 ރުފިޔާ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ދައްކާފައިވެއެވެ. ބާސްމަތީ އާދައިގެ ހަނޑުލުން ޒަކާތް ދެއްކީ 5208 މީހުންނެވެ. އެ މީހުން  ޒަކާތުގެ ގޮތުގައި 364,560 ރުފިޔާ ވަނީ ދައްކާފައެވެ. 

ދެން ހުރި ބައިތަކުން ޒަކާތް ދެއްކި ގޮތް 

ރަތް ހަނޑޫ

މީހުންގެ ޢަދަދު: 304

ފިޠުރު ޒަކާތުގެ ޖުމްލަ: 24,320

ބާސްމަތީ ހަނޑޫ (މޮޅު)

މީހުންގެ ޢަދަދު: 3,030

ފިޠުރު ޒަކާތުގެ ޖުމްލަ: 303,000

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

މީހުންގެ ޢަދަދު: 4,188

ފިޠުރު ޒަކާތުގެ ޖުމްލަ: 523,500

އާދައިގެ ފުށް

މީހުންގެ ޢަދަދު: 1,913

ފިޠުރު ޒަކާތުގެ ޖުމްލަ: 19,130

އާޓާ ފުށް

މީހުންގެ ޢަދަދު: 393

ފިޠުރު ޒަކާތުގެ ޖުމްލަ: 29,475

އަންނަ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދު

  • އާދައިގެ ހަނޑޫ - 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ - 70 ރުފިޔާ
  • ރަތް ހަނޑޫ - 80 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ) - 70 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު) - 100 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 125 ރުފިޔާ
  • އާދައިގެ ފުށް - 10 ރުފިޔާ
  • އާޓާ ފުށް - 75 ރުފިޔާ 

 މިނިސްޓްރީއަށް ގޮސްގެން ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު އޮންލައިންކޮށްވެސް ޒަކާތް ދެއްކޭނެކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ.



More from Channel News Maldives