އުރީދޫގެ ހަދިޔާފޮށިން އިނާމު ލިބުނު މީހުންނަށް އިނާމު ހަވާލުކޮށްފި

Thu, 25 Apr 2024 11:48 PM

View on this article on Avas.mv

އުރީދޫގެ ހަދިޔާފޮށިން އިނާމު ލިބުނު މީހުންނަށް އިނާމު ހަވާލުކޮށްފި

ނިމިގެން ދިޔަ ރޯދަ މަހު އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުންނާ ހަމައަށް ގެނެސްދިން ހަދިޔާފޮށިން އިނާމުތައް ހާސިލްކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.

މިއަދު އުރީދޫ ހެޑްކުއާޓާޒްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލް ކުރި އަހްމަދު ފަޔާޒަށްވެސް ވެސް އިނާމު ހަވާލުކުރި އެވެ.

އިނާމުގެ ގޮތުގައި އެޕަލް ވިޝަން ޕްރޯގެ އިތުރުން މޯބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަ ވެސް ހަވާލުކުރެވުނެވެ. ޑޭޓާ ޕެކް، ގޭމިން ޕެކް އަދި އިތުރު ގިނަ އިނާމު ތަކެއް މިއަހަރުގެ ހަދިޔާފޮށީގައި ހިމެނުނެވެ.

އުރީދޫ މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒު ވަނީ މިއަހަރުގެ ހަދިޔާފޮށީގައި ބައިވެރިވެގެން އިނާމު ހޯދި ހުރިހާ އެންމެންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

"މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އާ ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރެވުނު ކަމެއް. ހަދިޔާފޮށީގެ ދެވަނަ އަހަރު ނިމިގެން މިދިޔައީ ވަރަށްވެސް ކާމިޔާބު ކަމާއެކު،" ނިޔާޒު ވިދާޅުވި އެވެ.





More from Avas.mv