މޯލްޑިވިއަންގެ ހަތަރުވަނަ އޭޓީއާރް ރާއްޖެ ގެންނަނީ

Sun, 05 May 2024 08:57 PM

View on this article on Avas.mv

މޯލްޑިވިއަންގެ ހަތަރުވަނަ އޭޓީއާރް ރާއްޖެ ގެންނަނީ

މޯލްޑިވިއަންގެ ހަތަރުވަނަ އޭޓީއާރް ބޯޓު ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ރާއްޖެ އަންނާނެ ކަމަށް އެ އެއާލައިން ހިންގާ ކުންފުނި -- އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނެފި އެވެ.

ފްރާންސްގެ ޓޫލޫޒް އިން ފުރައިގެން އަންނަ 42 މީހުންގެ ޖާގައިގެ މި ބޯޓަކީ ބްރޭންޑް ނިއު ބޯޓެކެވެ.

އައިއޭއެސް އިން ނިންމާފައިވަނީ މިއަހަރުގެ ތެރޭގައި ދެ އޭޓީއާރް ރާއްޖެ ގެނެސް އެތެރޭގެ ވައިގެ ދަތުރުތައް ފުޅާކުރުމަށެވެ.

އައިއޭއެސް އިން އެންމެ ފުރަތަމަ އޭޓީއާރް ބޯޓެއް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ ގައެވެ. އެފަހަރު 72 މީހުންގެ ޖާގައިގެ ދެ ބޯޓު ގެނެސްފައިވެ އެވެ. އެ ކުންފުނިން އޭޓީއާރް މަރުކާގެ ތިންވަނަ ބޯޓު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެއީވެސް 42 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ރާއްޖޭގައި އެންމެ ގިނަ އެއާޕޯޓްތަކަށް ދަތުރުކުރާ އެއާލައިން -- މޯލްޑިވިއަން އިން ގެންދަނީ ބޮއިން 787-8 މަރުކާގެ އެއާކްރާފްޓެއް ކުއްޔަށް ނެގުމަށާއި ވައިޑް ބޮޑީ އެއާކްރާފްޓް ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ. މިއީ 250 ސީޓު ހިމެނޭނެ ބޯޓުތަކެއް ކަމަށް އައިއޭއެސް އިން ބުނެ އެވެ.





More from Avas.mv