މައުމޫންގެ މައްޗަށް ހަތް ދައުވާއެއް އުފުލައިފި

Thu, 25 Apr 2024 08:56 PM

View on this article on Avas.mv

މައުމޫންގެ މައްޗަށް ހަތް ދައުވާއެއް އުފުލައިފި

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނުގެ މައްޗަށް ހަތް ދައުވާއެއް އުފުލައިފި އެވެ.

މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހުގައި އެދުނީ މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު އެވެ.

ދައުލަތުން މައުމޫންގެ ދައުވާކުރީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ދައުވާތަކަށް ޖަވާބުދާރީވުމަށް މައުމޫން ކޯޓަށް ހާޒިރުނުވެއްޖެނަމަ އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރަކަށްވެސް ދައުލަތުން އެދިފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ ރިޝްވަތު ހިފުމުގެ މައްސަލައިގައި މައުމޫނަށާއި އޭނާގެ އާއިލާ ބައެއް ފަރާތްތަކާއި އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މައުމޫން ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

ޕީޖީ އޮފީހުން ބުނީ މައުމޫން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނެވިއިރު އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ހަވާލުކުރި ކުންފުނިން މައުމޫނާއި އޭނާއާ ގުޅުން ހުރި މީހުންގެ އެކައުންޓްތަކަށް އެކި ފަހަރު މަތިން 298،000 އަށް ވުރެ ގިނަ ޑޮލަރު ޖަމާކޮށްފައިވާތީ އެއީ ރިޝްވަތުގެ ގޮތުގައި ބަލާ ކަމަށެވެ.





More from Avas.mv