ގިނަ އަދަދެއްގެ ޑްރަގާ އެކު ތިން މީހަކު ހައްޔަރުކޮށްފި

Wed, 24 Apr 2024 11:29 AM

View on this article on Avas.mv

ގިނަ އަދަދެއްގެ ޑްރަގާ އެކު ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މ. ރުބިކަން އަހްމަދު ނަޒީފް ނިޔާޒް (31 އ) އާއި، ހ. މެހެލިގެ އިބްރާހިމް ހަލީލް (43 އ)ގެ އިތުރުން ގ. ގޮއިދޫގެ ހަސަން ޝާފިއު (41 އ) އެވެ.

މިތިން މީހުން ހައްޔަރު ކުރި އެޕާޓްމަންޓްގެ ތެރެއިން ވަނީ ކިލޯއަކަށް ވުރެ ގިނަ ކެނަބިސް ފެނިފަ އެވެ. އަދި ބަނގުރާ ހުސްކުރި ފުޅިއަކާއި މަސްތުވާތަކެތި ބަންދުކުރާ ސާމާނުވެސް މިތަނުން ފެނިފައިވެ އެވެ.

އެޕާޓްމަންޓުން ފެނުނު ތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ފުލުހުންގެ ތަހުގީގުގައި އަދި ކޯޓުގައި އިބްރާހިމް ހަލީލް ވަނީ ބުނެފަ އެވެ.

މިތިން މީހުންގެ ތެރެއިން އިބްރާހީމް ހަލީލްގެ ބަންދަށް ކޯޓުން ދީފައިވަނީ 30 ދުވަހެވެ. ހަސަން ޝާފިއު އާއި އަހްމަދު ނަޒީފްގެ ބަންދަށް ކޯޓުން ދީފައިވަނީ 20 ދުވަހެވެ.





More from Avas.mv