އިންތިހާބަށް 287،462 ވޯޓު ކަރުދާސް ޕްރިންޓްކޮށްފި

Wed, 17 Apr 2024 01:29 PM

View on this article on Avas.mv

އިންތިހާބަށް 287،462 ވޯޓު ކަރުދާސް ޕްރިންޓްކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޖުމްލަ 287،462 ވޯޓު ކަރުދާސް ޗާޕްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރި ގޮތުގައި މި ވޯޓު ކަރުދާސް ޗާޕްކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަަސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުންނެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.

މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

އިންތިހާބުގެ ވޯޓުލުން އާދިއްތަ ދުވަހު އޮންނައިރު އީސީން މިހާރު ވަނީ ވޯޓު ނެގުން ކުރިއަށްދާ ވަގުތު އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:30 އަށް އިތުރުކޮށްފަ އެވެ.





More from Avas.mv