ގަލަގިލި ފަޅަކީ އުކުޅަހުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި

Wed, 17 Apr 2024 01:18 PM

View on this article on Avas.mv

ގަލަގިލި ފަޅަކީ އުކުޅަހުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި

އއ. ގަލަގިލި ފަޅަކީ އެ އަތޮޅު އުކުޅަހުގެ ބައެއް ކަމުގައި ކަނޑައަޅައިފި އެވެ.

ވަނގާރަކީ ތުރާކުނުގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރަކުންނެވެ.

ރައީސް މުއިއްޒު މި ގޮތަށް ކަނޑައެޅުއްވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރަކުން ހއ. ވަނގާރަކީ އެ އަތޮޅު ތުރާކުނު ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފަ އެވެ.

ރައީސްގެ ގަރާރަކުން އިއްޔެ ވަނީ އދ. މާފަރުފަޅަކީ އެ އަތޮޅު މަހިބަދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވާފަ އެވެ.

އއ. ވެލިދޫދިއްގާ ފަޅަކީ އެއަތޮޅު ބޮޑުފޮޅުދޫގެ ބައެއްގެ ކަމުގައި ރައީސްގެ ގަރާރަކުން މިދިޔަ ހޯމަ ދުވަހު ވަނީ ކަނޑައަޅުއްވާފަ އެވެ. މީގެ އިތުރުން ފަރުމުލި އަދި ކަނޑިންމާހުރާއަކީ ނ. މާފަރުގެ ބައެއް ކަމުގައި ރައީސް ވަނީ ކަނޑައަޅުއްވާފަ އެވެ.





More from Avas.mv