ފުރަތަމަ ނަފުސެވެ!

Fri, 24 May 2024 01:48 PM

View on this article on Adhives Online

ފުރަތަމަ ނަފުސެވެ!

ނަސޭހަތް ދޭށެ ނަފުސަށް ފިތުނައެއްގައި ނުޖެހި އުޅެވޭތޯ
ފަސޭހަ އެކަން ނުވާނަމަވެސް ތިމާ އެއޮއިން ނަޖާވޭތޯ



ޒަމާނުގެ ފިތުނަޔާ އޮއިވަރު އިހަށް ވުރެ ބާރު ގަދަވާތީ
ސަމާލުވެ ހޭއަރައި ނެތްނަމަ ލިބޭ ގެެެއްލުން ނުލިބިދޭތޯ

ރުހޭމީހާގެ ސޫރަ ނިކަން ރިވެތިކޮށް ދޭ ކަމަކު ކުރަހައި
ރުހޭނޫން މީސްތަކުން ކުރަހައި ބަލާނޭ ހުތުރު ކުރެވޭތޯ

މަގާމެއް ނުވަތަ މަންފާއެއް ލިބޭން މާއްދިއްޔަތުގެ އޮތްނަމަ
ލަގާއެއް މީހަކަށް ދޭކަށް ބިރެއްގަނެ ޖެހިލުމެއް ވޭތޯ

ހަނދާން މަޙުޝަރުދުވަސްނެތިގޮސް އަބަދުދެމިހުންނަ ހީއެއްގައި
އަނދާއަޅިޔަށްވެ ދިޔަޔަސް ހެޔޮ ޢަމަލުތައް ދުނިޔެ ނޭދޭތޯ

ލަފާ ކަންތައްތަކީ ހީކޮށް އުޅޭހައި ގޮތްތަކޭ ހިތުމުން
ނަފާއެއް ހެޔޮ ކަމެއް ކޮށްގެން ލިބޭ މީހަކު އުޅޭނޭތޯ

އުޅޭކަމުގައި ވިޔަސް ދީނަށް ސިރާތުމަގުން ވެގެން އެކަހެރި
ކުޅޭ ކުޅިވަރުތަކެއް ކަމުގައި ހަދައިގެން ދީން ދިނޭނޭތޯ

ޔަޤީނުން އަންނަ ދުވަހެއް މަޙްޝަރޭ މިކިޔާ ނިޔާގެ ދުވަސް
ޢަޤީދާ ކަތިވެފައި ހުރިނަމަ ނަތީޖާޔަށް ނުވިސްނޭތޯ

 

The post ފުރަތަމަ ނަފުސެވެ! first appeared on އަދިވެސް އޮންލައިން.



More from Adhives Online