އެކަނިނުކުރާށެ އިންސާނާ

Sat, 20 Apr 2024 01:46 AM

View on this article on Adhives Online

އެކަނިނުކުރާށެ އިންސާނާ

އެކަނިނުކުރާށެ އިންސާނާ ފަޤީރުވެދާ ދުވަހު އޭނާ



ދެކަނިކޮށް ހެއްދެވި އެ ސަބަބާ މެދަށް ވިސްނާލަމާހޭ، ނާ!

އެކަނިނުކުރާށެ އިންސާނާ!

 

ވުމުން މުސްކުޅި ޢަޖޫޒު ނިކަން ޝަރީކުން ކަމު ތަދާ ވޭނާ

ރުމުންފިރު ހުއްޓެނީހެ މިއަދު ނެތީމައި ގަނޑުވަރާއި ބިނާ؟

އެކަނިނުކުރާށެ އިންސާނާ!

 

އެދުން މިޒަމާނު ފެޝަނަށް ވާ ހަރާޖައު ހާރު ފައުނު ރަނާ

ވެދުން ކުރެވެން ނެތީމާ ވީ އެކަނި އޮންނަންހެ ހައިހޫނާ؟

އެކަނިނުކުރާށެ އިންސާނާ!

 

ދުރަށް އެއްލައިލުމީ މީހަކު އެ ސަހަރާޔަށް އަނގައިން ނުބުނާ

ނުރައްކާތެރި ކަމެއް ސަހަރޯ ވެދާ ހިނދު މޮޔަ އެ މިސްކީނާ

އެކަނިނުކުރާށެ އިންސާނާ!

 

ލަފާ ކަން ދުނިޔެ އިން ނެތިގޮސް އެކަނިވާ ބުއްދި ވާނެ ހަނާ

ތަފާތެއް ނެތި އިސާހިތު ދޭ ވެ އިންސީންނާއި ޙައިވާނާ

އެކަނިނުކުރާށެ އިންސާނާ!

The post އެކަނިނުކުރާށެ އިންސާނާ first appeared on އަދިވެސް އޮންލައިން.



More from Adhives Online