އިންދައި ރުވާ ގަސްގަހު އަޅާ މޭވާ ވަނީ ހިތި ކީއްވެބާ؟
ބިންމޮޅު ވެގެންވާއިރު މިހައި މޭވާ ނުބައިވީ ކީއްވެބާ؟
ގޮއިވެރި ފަރާތުން އިސްކަމެއް މިކަމަށްނުދީ ދޫކޮށްލުމުން
ހޮއިހެދި ވަނދަށްވެރި ހުސްވަނީ މޭވާއަޅާހައި ކީއްވެބާ؟
ބޭރުންގެނެސްގެން ނޫންގޮތެއް މޭވާ ކެވޭނެ ނެތޭ ގޮތެއް
ފޭރުގެ ދިވެހިރަހަވެސް މިއަދު ނުވަނީ ލިބޭގޮތް ކީއްވެބާ؟
ވާލާ ކޮވެލި ކާޅާ ނުކައި ފައްކާވެގެން މޭވާ ލިބޭ
ޙާލާތު އަލުން ވެރިވާނެގޮތް ނުދެނީހަދައި ފަހެ ކީއްވެބާ؟
ބިމުގައިދިވެހި އިންދައިހެދޭ ގަސްގަހުގެ މޭވާޔަށް ވުރެން
ބިމުގައި ނުހައްދައި އެތެރެކޮށް މޭވާ އެހަދަނީ ކީއްވެބާ؟
ރަށްތައް މިފެހި ފެހިގަސްތަކުން ނޫޅޭހެ ޒީނަތްތެރިކުރަން
ފައްކާވި ދޮން މޭވާ ލިބެން ހިންމަތް ނުކުރަނީ ކީއްވެބާ؟
ފަސްގަނޑު މިހައިމޮޅު ބިމަކުގައި އިންދާގަހުގެ މޭވާއަޅައި
ލަސްނުވެލިބޭއިރުގައި ކަނޑަން ނުލަނީއަޅައި ބަލަކީއްވެބާ؟
The post ކީއްވެބާ؟ first appeared on އަދިވެސް އޮންލައިން.