ފާރިސް އާއި ޝަހީމް ބައްދަކުރައްވައިފި

Tue, 22 Oct 2024 05:42 PM

View on this article on adduLive

ފާރިސް އާއި ޝަހީމް ބައްދަކުރައްވައިފި

ފާރިސް މައުމޫން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ މިއަދު ބައްދަލުކުރައްވައިފި އެެވެ.



އެ ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓްރީން ބުނީ މިއީ ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 'މައުމޫން ފައުންޑޭޝަން' ގެ ފަރާތުން ބޭއްވި ބައްދަވުމެއް ކަމަށެވެ.

ފާރިސް އަކީ އެ ފައުންޑޭޝަންގެ ވައިސް ޗެއާމަން އެވެ. އެގޮތުން އޭނަ އިސްކޮށް ހުންނަވައިގެން އިސްލާމިކް މިނިސްޓަރާ އެކީ ބޭއްވި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އެ ފައުންޑޭޝަނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ދީނީ ހަރަކާތްތަކެއް ހިންގުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރުމެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކައިިރި މުސްތަގުބަލެއްގައި އެފަދަ ހަރަކާތްތަކެއް ހިންގޭނެ ކަމަށެވެ.

"މައުމޫން ފައުންޑޭޝަން" އިން ދީނީ ކަންކަމަށް އާންމުން ހޭލުންތެރިކުރަން ތަފާތު ޕްރޮގްރާމްތައް ހިންގަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރޯދަ މަހު އެ ފައުންޑޭޝާނުން ރޯދަ މަހުގެ ރޭތައް އިހުޔާކުރަން ބާއްވާ ދަރުސް ޕްރޮގްރާމެވެ.

The post ފާރިސް އާއި ޝަހީމް ބައްދަކުރައްވައިފި appeared first on adduLIVE.



More from adduLive