ގަވާއިދާ ހިލާފު 4،300 ބިދޭސީން ޑީޕޯޓުކޮށްފި

Tue, 22 Oct 2024 04:22 PM

View on this article on adduLive

ގަވާއިދާ ހިލާފު 4،300 ބިދޭސީން ޑީޕޯޓުކޮށްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 4،300 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި އެވެ.



ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލަރު އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 4،360 ބިދޭސީން ފުރުވާލާފައިވާ ކަމަށެވެ.

"ރާއްޖޭން ފުރުވާލެވުނު މީހުންގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅެނިކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަން ގެނެސް ފުރުވާލި މީހުންނާއި އަމިއްލަ އަށް ފުރައިގެން ދިޔަ މީހުންގެ އިތުރުން ވަކި މުއްދަތެއްގެ ތެރޭގައި ފުރަން އަންގައިގެން ފުރައިގެން ދިޔަ މީހުންވެސް ހިމެނޭ،" ޝައްމާން ވިދާޅުވި އެވެ.

ޝައްމާން ވިދާޅުވީ އިމިގްރޭޝަންގެ އަމާޒަކީ ސަރުކާރަށް އެއް އަހަރު ވުމުގެ ކުރިން ޓާގެޓް ކަމަށްވާ 5،000 މީހުން ރާއްޖޭން ޑީޕޯޓްކުރުން ކަމަށާއި އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ. މީގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ރާއްޖޭގައި މިވަގުތު ތިބި ބިދޭސީން ގަވާއިދަށް ފެއްތުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިވެހިންނަށް ކުރެވެން ހުރި ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅަމުންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

The post ގަވާއިދާ ހިލާފު 4،300 ބިދޭސީން ޑީޕޯޓުކޮށްފި appeared first on adduLIVE.



More from adduLive