ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް

Tue, 22 Oct 2024 06:44 AM

View on this article on adduLive

ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކޮށް ބެހެން އުޅުނު ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.



ފުލުހުން ބުނީ މ، ފ، ދ ތ އަދ ލ. އަތޮޅު ހިމެނޭ ސައުތު ސެންޓްރަލް ޕޮލިހަށް ސްކޫލެއްގެ ފިރިހެން ދަރިވަރުންތަކެއްގެ އުމުރާ ނުގުޅޭ ވާހަކަތަކެއް ޓީޗަރު ދައްކައި ގްރޫމްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެހެމްވެ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ޓީޗަރުންގެ ފަރާތުން މިފަދަ މައްސަލަތަކާ ކުރިމަތިވެފައިވެ އެވެ. އެގޮތުން ދިވެހި އަދި ބިދޭސީ ޓީޗަރުންގެ ފަރާތުން މިފަދަ މައްސަލަތައް ފެންމަތިވެފައިވެ އެވެ.

ޓީޗަރުންގެ އތުރުން ސްކޫލްތަކުގައި މަސައްކަތްކުރާ ބައެއް އެހެން މުވައްޒަފުންގެ ފަރާތުން ވެސް ދަރިވަރުންނަށް ޖިންސީ ގޯނާކުރިމަތިލާން ޖެހުނު މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ.

The post ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް appeared first on adduLIVE.



More from adduLive