ކިޝޯރް ކުމާރުގެ ބައޯޕިކް އާމިރަށް

Tue, 22 Oct 2024 06:07 AM

View on this article on adduLive

ކިޝޯރް ކުމާރުގެ ބައޯޕިކް އާމިރަށް

އިންޑިއާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރް ކުމާރުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ އާމިރު ޚާނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.



ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޑައިރެކްޓަރު އަނޫރާގް ބާސޫ އެ ފިލްމު އާމިރަށް ހުށަހަޅައި، ދެ ފަރާތުގެ މެދުގައި މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ކިޝޯރްގެ ބައޮޕިކަކީ އަނޫރާގްގެ ޑްރީމް ޕްރޮޖެކްޓެކެވެ. މީގެ ކުރިން މި ފިލްމު އޭނަ ރަންބީރް ކަޕޫރާ އެކީ ހެދުމުގެ ވާހަކަތަކެއް ވެސް ވަރަށް ބޮޑަށް ދެކެވުނެވެ.

ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި ފިލްމުގެ މަސައްކަތް އޮތީ ނުފެށި އެވެ. "މާޑާ" އާއި "ބަރްފީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަނޫރާގް މިހާރު އަންނަނީ "މެޓްރޯ: އިން ދިނޯ" ގެ މަސައްކަތް ކުރަމުންނެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ ބުޝަން ކުމާރުގެ ޓީ ސީރީޒް އިން ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ ކިޝޯރްގެ ބައޮޕިކް ކުޅުމާ މެދު އާމިރު ކުރިއަށް އޮތް ހައެެއްގެ މަސް ތެރޭގައި ގޮތެއް ނިންމާނެ އެވެ. މީގެ ކުރިން އޭނަ ޓީ ސީރީޒްގެ ބާނީ އަދި ބުޝަންގެ ބައްޕަ ގުލްޝަން ކުމާރުގެ ބައޮޕިކް "މޯގުލް" އަށް ވެސް ސޮއިކުރި އެވެ.

އެކަމަކު ފަހުން އެއީ "ވާނުވާގައި" އޮތް ޕްރޮކްޓެކެވެ.

ކިޝޯރަކީ 1960 އާއި 1970 ގެ ތެރޭގައި ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ އެވެ. އޮކްޓޯބަރު 13، 1987 ގައި އުމުރުން 58 އަހަރުގައި މަރުވި ފަންނާނު މަޝްހޫރު އެތައް ލަވައެއް ކިޔާފައިވެ އެވެ. ކިޝޯރަކީ ލަވަކިޔުންތެރިއެއްގެ އިތުރުން އެކްޓަރެއް ވެސް މެ އެވެ.

އޭނަގެ ބައޯޕިކް އާމިރަށް ހުށަހެޅި އިރު، އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ސިތާރޭ ޒަމީން ޕަރް" އެވެ. އާމިރުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ލާލް ސިންގް ޗައްޑާ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާމިރަށް މިހާރު ފިލްމުތައް ހުށަހަޅާފައިވާ ޑައިރެކްޓަރުންގެ ތެރޭގައި ރާޖްކުމާރު ސަންތޯޝީ އާއި ޒޯޔާ އަހްތަރުގެ އިތުރުން ތެލެގޫ ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖް ހިމެނެ އެވެ.

The post ކިޝޯރް ކުމާރުގެ ބައޯޕިކް އާމިރަށް appeared first on adduLIVE.



More from adduLive