އައްޑޫގައި އެކްސިޑެންޓުތަކެއް، ހަތް މީހަކަށް ފަރުވާ ދެނީ

Mon, 21 Oct 2024 11:33 PM

View on this article on adduLive

އައްޑޫގައި އެކްސިޑެންޓުތަކެއް، ހަތް މީހަކަށް ފަރުވާ ދެނީ

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިނގި އެކްސިޑެންޓުގައި ހަތް މީހަކަށް އަނިޔާވެއްޖެ އެވެ.



ފުލުހުން ބުނީ ހިތަދޫގެ ތިން ސަރަހައްދެއްގައި އެކްސިޑެންޓް ހިނގައިގެން އުޅޭ ކަމަށް މިރޭގެ އެކި ވަގުތުތަކުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުތަކުގައި ހަތް މީހަކަށް އަނިޔާވެގެން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައިި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އެއީ ހަ ފިރިހެނުންނާއި އަންހެނެކެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިރޭ ހިނގި ކޮންމެ އެކްސިޑެންޓެއް ވެސް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ކަމަށާއި މި ތިން އެކްސިޑެންޓުގެ ތެރެއިން ދެ އެކްސިޑެންޓްގެ ސީން ފުލުހުން ދިޔައިރު ރޫޅާލާފައިވާ ކަމަށެވެ.

މި އެކްސިޑެންޓުތަކުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

The post އައްޑޫގައި އެކްސިޑެންޓުތަކެއް، ހަތް މީހަކަށް ފަރުވާ ދެނީ appeared first on adduLIVE.



More from adduLive