ޒިޔާ މަޖިލީހުން ވަކިކޮށްފި

Mon, 21 Oct 2024 09:32 PM

View on this article on adduLive

ޒިޔާ މަޖިލީހުން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން ޒިޔާއު، އެ މަގާމުން ވަކިކޮށްފި އެވެ.



ޒިޔާއު މަގާމުން ވަކިކޮށްފައިވަނީ ޕާލިމަންޓްރީ ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވި ކަމަށް ބުނެ އެވެ.

މިކަމާ ގުޅިގެން ޒިޔާއު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އޭނާ ހުންނެވި މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު ނޯޓިސް ދިނުމަކާ ނުލައި އަވަސް އަރުވާލައިގެން އޭނާ ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސާވިސްގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

"ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ހިލާފުވި ކަމަށްބުނެ ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން، ހާއްސަކޮށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓަރު ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް އަޅުގަނޑު ވާހަކަ ދައްކާފައިވާތީ، ޒާތީ ހަސަދަވެރިކަން ފިލުވުމަށް ކަމަށް ދެކެމެވެ. އަދި ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއިކުރުމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ދެކެމެވެ،" ޒިޔާއުގެ މެސެޖުގައި ވެ އެވެ.

ޒިޔާއު ވަނީ ޕާލަމެންޓަރީ ސާވިސް ގަވާއިދާ ހިލާފަށް ރާވައިގެން އޭނާ ވަޒީފާ އިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

The post ޒިޔާ މަޖިލީހުން ވަކިކޮށްފި appeared first on adduLIVE.



More from adduLive