މި މަހު އައި ޓޫރިސްޓުންގެ އަދަދު 80،000 އިން މައްޗަށް

Fri, 18 Oct 2024 03:48 PM

View on this article on adduLive

މި މަހު އައި ޓޫރިސްޓުންގެ އަދަދު 80،000 އިން މައްޗަށް

މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 80،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.



މި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 16 ގެ ނިޔަލަށް ވަނީ 81،964 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި އައިސްފައި ވަނީ 76،172 ޓޫރިސްޓުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 1573،991 އަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1.4 މިލިއަން ޓޫރިސްޓުންނެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަށް ބަލާ އިރު، އެއް ވަނައިގައި އޮތީ ޗައިނާ އެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 233،332 އަށް އަރަ އެވެ. ދެވަނައިގައި ރަޝިއާ އޮތީ 172،142 ޓޫރިސްޓުންނާ އެކީގަ އެވެ. އިނގިރޭސިވިލާތް ތިން ވަނައިގައި އޮތީ 132،338 ޓޫރިސްޓުންނާ އެކީގަ އެވެ.

އެވަރެޖްކޮށް ރާއްޖޭގައި މިހާރު ފަތުރުވެރިން ހަފްތާއެއްގެ މުއްދަތަށް މަޑުކުރާއިރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރަނީ 5،557 ފަތުރުވެރިންނެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

The post މި މަހު އައި ޓޫރިސްޓުންގެ އަދަދު 80،000 އިން މައްޗަށް appeared first on adduLIVE.



More from adduLive