ޕީކް ސީޒަނަށް ތައްޔާރުވާން ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރަނީ

Fri, 18 Oct 2024 08:10 PM

View on this article on adduLive

ޕީކް ސީޒަނަށް ތައްޔާރުވާން ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރަނީ

ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯ އިން ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.



ސްޓެލްކޯ އިން ބުނީ ކަރަންޓުގެ ޚިދުމަތުގެ ދެމެހެއްޓެނިވިކަން އިތުރަށް ކަށަވަރުކޮށް މާލޭގެ މަތިވަމުންދާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ގާއިމްކޮށްފައިވާ ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުުރުކުމަށް، އެތަނުގައި ބަހައްޓާފައި ހުރި 630 ކޭވީއޭގެ ޓްރާންސްފޯމަރެއް އެތަނުން ނަގައި، 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް މިހާރު އެތަނުގައި ބެހެއްޓެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

މީގެ އިތުރުން ވެސް މާލޭގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ކޭޓާ ކުރުމަށް، ޑިސްޓްރިބިއުޝަން ވިއުގައިގެ ކެޕޭސިޓިީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެތެރޭ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވސް ސްޓެލްކޯ އިން މައުލޫމާތުދެ އެވެ.

The post ޕީކް ސީޒަނަށް ތައްޔާރުވާން ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރަނީ appeared first on adduLIVE.



More from adduLive