ޅ. ނައިފަރުގައި އެޓޯލް މެރިން ސިމްޕޯޒިއަމް ފަށައިފި އެވެ.
އެޓޯލް މެރިން ސިމްޕޯޒިއަމްގެ ފެށުމުގެ ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނިޒާމް ދެއްކެވި ވާހަކަފުޅުގައި ވަނީ ކަނޑާއި ގޮނޑުދޮށުގެ ތިމާވެށި ރައްކާތެރިކުރުމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ބިންގާ ކަމަށް ވިދާޅުވެފަ އެވެ.
މި މުހިންމު ތިމާވެށި ރައްކާތެރިކުރުމަށް އެންމެންގެ އެއްބާރުލުމާއި ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށާއި މި ސިމްޕޯޒިއަމްގެ މަޤްޞަދަކީ ރާއްޖޭގެ ކަނޑާއިޑާއި ގޮނޑުދޮށުގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް، އެކަމަށް ޙައްލު ހޯދުން ކަމަށް ވިދާޅުވި އެވެ.
މި ސިމްޕޯޒިއަމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޢިލްމީ ފަރާތްތަކާއި، ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މި ސިމްޕޯޒިއަމް ކުރިޔަށްދދާނީ ދެ ދުވަހުގެ މުއްދަތަށެވެ.
The post އެޓޯލް މެރިން ސިމްޕޯޒިއަމް ފަށައިފި appeared first on adduLIVE.