އާލިއާ ދެން ޕްރޮޑިއުސް ކުރާނީ ލޯބީގެ ފިލްމެއް

Sat, 21 Sep 2024 11:32 AM

View on this article on adduLive

އާލިއާ ދެން ޕްރޮޑިއުސް ކުރާނީ ލޯބީގެ ފިލްމެއް

އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ދެން ޕްރޮޑިއުސްކުރާނީ ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.



ޕިންކްވިލާ އިން ބުނީ އަންނަ އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ޕްލޭންކުރާ މި ފިލްމަށް ހުނަރުވެރި ބަތަލާ މިހާރު ސްކްރިޕްޓެއް ވެސް ފައިނަލްކޮށްފައިވާ ކަމަށާއި ފިލްމު ޑައިރެކްޓްކުރާނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރެއް ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި ފިލްމުގެ ބަތަލާގެ ރޯލު އާލިއާ ކުޅޭ އިރު، ބަތަލަކަށް ވެސް ނަގާނީ މަޝްހޫރު ތަރިއެކެވެ.

އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މުޅި ފިލްމުގެ ކާސްޓުން ފައިނަލް ކުރާނެ އެވެ.

ޕިންކްވިލާ އިން ބުނީ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އާލިއާ ޕްރޮޑިއުސްކޮށް، ކުޅޭ ތިން ވަނަ ފިލްމުގެ މަސައްކަތް ފަށަން ޕްލޭންކޮށްފައި އޮތީ އޭނަ ސޮއިކޮށްފައި އޮތް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގެ މަސައްކަތް ނިންމުމަށް ފަހު އެވެ. އޭގެ ބަތަލުންނަކީ އާލިއާގެ ފިރިމީހާ ރަންބީރް ކަޕޫރްގެ އިތުރުން ވިކީ ކޯޝަލެވެ.

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ "ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މާޗް 20، 2026 ގަ އެވެ. ކުރިން މި ފިލްމު ރިލީޒްކުރަން ތާވަލުކުރީ އަންނަ އަހަރުގެ ޑިސެމްބަރުގަ އެވެ.

އާލިއާ ޕްރޮޑިއުސްކުރާ ތިން ވަނަ ފިލްމުގެ ތައްޔާރީތައް ކުރިއަށްދާ އިރު، އޭނަ ޕްރޮޑިއުސްކޮށް ކުޅުނު ދެވަނަ ފިލްމު "ޖިގްރާ" އަންނަ މަހުގެ 11 ގައި ސިނަމާތަކަށް އަންނާނެ އެވެ. ކާމިޔާބު ބަތަލާގެ ފިލްމު ކުންފުނި، އިޓާނަލް ސަންޝައިން އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އިތުރުން ވައޮކޮމް 18 ގުޅިގެން ގެނެސްދޭ މި އެކްޝަން ތުރިލާ ޑައިރެކްޓްކުރީ ވަސަން ބާލާ އެވެ.

މިދިޔަ އަހަރު ހޮލީވުޑްގެ ފިލްމަކުން ވެސް ފެނުނު އާލިއާގެ ޕްރޮޑިއުސްކޮށް، ކުޅުނު ފުރަތަމަ ފިލްމަކީ ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާ ގުޅިގެން 2022 ގައި ގެނެސްދިން ބްލެކް ކޮމެޑީ "ޑާލިންސް" އެވެ. ނެޓްފްލިކްސް އިން ޕްރީމިއާކުރި ފިލްމު ލިޔެ، ޑައިރެކްޓްކުރީ ޖަސްމީތު ކޭ ރީން އެވެ.

އާލިއާ މިހާރު އަންނަނީ ޔާޝްރާޖް ފިލްމްސް ވައިއާރްއެފްގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ "އަލްފާ" ގެ މަސައްކަތް ކުރަމުންނެވެ. މި ގެނެސްދޭނީ އަންނަ އަހަރު އެވެ.

The post އާލިއާ ދެން ޕްރޮޑިއުސް ކުރާނީ ލޯބީގެ ފިލްމެއް appeared first on adduLIVE.



More from adduLive