ބީއެމްއެލްގެ ޗެއާޕާސަނަކަށް ހަބީބު އައްޔަންކޮށްފި

Sat, 21 Sep 2024 01:17 PM

View on this article on adduLive

ބީއެމްއެލްގެ ޗެއާޕާސަނަކަށް ހަބީބު އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސްބީ އެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަކަށް އަހުމަދު އަލީ ހަބީބު އައްޔަންކޮށްފި އެވެ.



މިއަދު ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ އީޖީއެމް) ގައި ގައުމީ ބޭންކްގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކުރީ އައްޑޫ ހިތަދޫ ނޫވިލާގޭ ހަބީބާއި، މަރަދޫފޭދޫ ޑޭލައިޓްވިލާ، ޢަލީ ޢިރުފާންގެ އިތުރުން ހުޅުމާލެ ފްލެޓް ނަންބަރު 02-2-90 މުޙައްމަދު ޝާހިދެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅައި އައްޔަންކުރ އިތުރު ޑިރެކްޓަރުން:

* ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
* ޢާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި
* ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، ކ. މާލެ

އާންމު ހިއްސާދާރުނަގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުން:

* ޢަބްދުﷲ ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
* މޫސާ ރަޝީދު، މ. ޤަސީމް، ކ. މާލެ
* ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީން، ކ. މާލެ

ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިއްބަވަ އެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރުން ޢައްޔަންކުރާ ހަ މެންބަރުންނާއި، ބީއެމްއެލްއިން ޢައްޔަންކުރާ ދެ މެންބަރުންގެ އިތުރުން އަމިއްލަ ހިއްސާދާރުން ތަމްސީލްކުރައްވާ ތިން މެންބަރުންނެވެ.

The post ބީއެމްއެލްގެ ޗެއާޕާސަނަކަށް ހަބީބު އައްޔަންކޮށްފި appeared first on adduLIVE.



More from adduLive