އަބީޝެކް "ބީ ހެޕީ"

Sat, 21 Sep 2024 01:38 PM

View on this article on adduLive

އަބީޝެކް "ބީ ހެޕީ"

ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަންގެ އާ ފިލްމު "ބީ ހެޕީ" ގެ ޕޯސްޓަރު މިއަދު ދައްކާލައި، މި ފިލްމު ވަރަށް އަވަހަށް އެމެޒޯން ޕްރައިމް ވީޑިއޯ އަށް އަންނާނެކަން އިއުލާންކޮށްފި އެވެ.



މި ފިލްމަކީ މަޝްހޫރު ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާ އާއި އޭނަގެ އަންހެނުން ލިޒެލް ޑި ސޫޒާގެ ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. "ބީ ހެޕީ" ޑައިރެކްޓްކުރީ ވެސް ރެމޯ އެވެ. ނެށުން ތައްޔާރުކޮށް ދީގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ރެމޯ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ 2020 ގެ "ސްޓްރީޑް ޑާންސާ" އެވެ.

ބައްޕައަކާއި އަންހެން ދަރިއަކާ އޮންނަ ގުޅުން ނެށުމުގެ ތެރެއިން ދައްކުވައި ދޭނެ "ބީ ހެޕީ" ގައި އަބީޝެކްގެ ދަރިފުޅުގެ ރޯލު ކުޅެފައި ވަނީ އިނާޔަތު ވަރުމާ އެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ނޯރާ ފަތުހީ، ޖޯނީ ލީވާ އަދި ނައްސާރު ހިމެނެ އެވެ.

އަމީތާބް ބައްޗަންގެ ދަރިފުޅު އަދި ބަތަލާ އައިޝްވާރިއާ ރާއީގެ ފިރިމީހާ އަބީޝެކް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ޑައިރެކްޓަރު އާރް ބަލްކީ ގެނެސްދިން ސްޕޯޓްސް ޑްރާމާ "ގޫމަރު" އިންނެވެ.

The post އަބީޝެކް "ބީ ހެޕީ" appeared first on adduLIVE.



More from adduLive