ޓެލެތޯނުން ލިބުނު ފައިސާ މިނިސްޓްރީއާ ހަވާލުކޮށްފި

Wed, 03 Jul 2024 05:08 PM

View on this article on adduLive

ޓެލެތޯނުން ލިބުނު ފައިސާ މިނިސްޓްރީއާ ހަވާލުކޮށްފި

ފަލަސްތީނަށް އެހީވާން މިދިޔަ މަހުގެ ތެރޭގައި "ފަލަސްތީނާ އެކު ދިވެހިން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނުން ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.



ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިތަ ޓެލެތޯނުން ޖުމްލަ 19،186،851.5ރ. ލިބުނެވެ. އޭގެ ތެރޭފައި ހިިމެނެނީ 18،418،922.24 ރުފިޔާ އާއި 49،800 ޑޮލަރެވެ.

އެ ފައިސާ އެ ކުންފުނިން ފޮރިން މިނިސްޓްރީއާ ހަވާލުކުރީ މިއަދެވެ.

ޓެލެތޯން ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 12 އެވެ. އަދި އޭގެ ފަހުން 13 ވަނަ ދުވަހު ފައިސާ ހަދިޔާކުރުމުގެ ފުރުސަތު ދިނެވެ. އެ ޓެލެތޯނަށް ރާއްޖޭގެ ވަރަށް ގިނަ މުއްސަސާތަކާއި ކުންފުނިތަކުން ވެސް ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާކުރި އެވެ.

ޓެލެތޯނުން ލިބުނު ފައިސާ ފަލަސްތީނަށް ފޯރުކޮށް ދޭނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) މެދުވެރިކޮށެވެ.

The post ޓެލެތޯނުން ލިބުނު ފައިސާ މިނިސްޓްރީއާ ހަވާލުކޮށްފި appeared first on adduLIVE.



More from adduLive