މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަނީ

Sat, 29 Jun 2024 06:53 AM

View on this article on adduLive

މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެެވެ.



އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދައިގަ އެވެ. ނަމަވެސް، މާދަމާ ޖަލްސާއެއް ބާއްވަން ނިންމައިި އެ ޖަލްސާގެ އެޖެންޑާ ވެސް މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވެ އެވެ. އެގޮތުން އެޖެންޑާގައި ވަނީ އާތިން ކަމެކެވެ.

ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ "ދައުލަތުގެ ދަރަންޏާ ބެހޭ ބިލާ" އާއި ޔޫރަޕިއަން ޔޫނިއަންއާ އެކީ ސަރުކާރުން ސޮއިކުރަން އުޅޭ ސަމޮއާ އެގްރިމެންޓަށް ރުހުން ހޯދުމާ މެދު ގޮތެއް ނިންމުމާއި ތުރުކީއަށާއި ސައުދީ އަރަބިއްޔާ އަށް ރާއްޖެއިން ކަނޑައަޅާ ސަފީރު އައްޔަނުކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގެ މަސައްކަތް އެޖެންޑާގައި ހިމެނެ އެވެ.

މިހާރުގެ މަޖިލިހަކީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހެކެވެ.

The post މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަނީ appeared first on adduLIVE.



More from adduLive